އައު ޚިދުމަތްތަކެއް އިތުރުކޮށް، "ޕޮލިސް އެމްވީ" އެޕްލިކޭޝަން އަލުން އިފްތިތާހުކޮށްފިއެވެ.
މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތެވެ.
ފުލުހުންގެ އެޕްލިކޭޝަންގައި ހިމެނިފައިވާ އައު ޚިދުތަމަތްތަލުގެ ތެރޭގައި، މައްސަލަ ހުށަހެޅުމާއި ތަހުޤީޤުކުރާ މައްސަލަތަކާގުޅޭ ހެކި ހުށަހެޅުމާއި ދިރިއުޅޭ ވެށީގައި ހިނގާ ކުށްތަކުގެ މަޢުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓް ކުރެވޭނެގޮތް ހަމަޖެހުން ހިމެނެއެވެ.
މީގެ އިތުރުން، މައްސަލަ ތަޙުގީގުކުރާ އޮފިސަރުގެ މަޢުލޫމާތާއި އެފަރާތާއި ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއްވެސް އެޕްލިކޭޝަންގެ ތެރެއިން ފަހިވެފައި ހުންނާނެއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިފްތިތާހުކޮށްފިhttps://t.co/amlNhSpAz7 pic.twitter.com/4FNCtqLxdX
— Maldives Police (@PoliceMv) December 8, 2025
އެފަރާތެއް ހުށަހަޅާފައިވާ މައްސަލަ ބައްލަވާ އިންވެސްޓިގޭޝަން އޮފިސަރާ ވާހަކަދެއްކުންވެސް އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
މި އެޕްލިކޭޝަންއަށް އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެކަމަށް ފުލުހުން ވަނީ ބުނެފައިއެވެ.