theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ހަބަރު
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރެޓްތައް ގެއްލުވާލި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި
Yana Shareef
ޔާނާ ޝަރީފް
08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުންގެ ސީނިއަ ސާޖަންޓް ރޭންކުގައި ހުރި މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހައްޔަރުކުރީ އދ. ދިގުރަށް، ޝަބުނަމީގެ / މުނައްވަރު އާދަަމް، 39އ. އެވެ. މި މައްސަލައާ ގުޅިގެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ގެއްލުނު 31 ކާޓަންގެ ސިނގިރެޓްގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓަކީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ. މި ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް ބެލިއިރު މަދުވެފައިވާކަން ފާހަގަކުރެވުނެވެ. އަދި އެކަން ބަލަމުން ދަނިކޮށް، އެހެން މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ގެންދިޔަ 25 ކާޓަންގެ ސިނގިރެޓް ވެސް މަދުވެފައިވާކަން ފާހަގަކުރެވުނެވެ. ފުލުހުން ބުނި ގޮތުގައި މެންޗެސްޓާ ބްރޭންޑުގެ މި ސިނގިރެޓްތަކަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.

ފުލުހުން ވަނީ މި މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް (ޕީއެސްކޮމް) އިން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ގެއްލުނު މި މައްސަލަ ފެންމަތިވެފައި މިވަނީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ތަހުގީގުކުރަމުން ދަނިކޮށެވެ. އެ މައްސަލައިގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތު ދެ ވިޔަފާރިވެރިންނަށް ވެސް ކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved