theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ހަބަރު
ހަށިގަނޑު ފެޅޭނީ އާއިލާގެ ބަހެއް ނޫނީ ކޯޓު އަމުރެއް އޮވެގެން. ފުލުހުންނާ ސުވާލުކުރުމުން ޖަވާބެއް ނުދޭ!
Yana Shareef
ޔާނާ ޝަރީފް
08 ޑިސެމްބަރު 2025

ނޮވެމްބަރު 30 ވަނަ ދުވަހު ހުޅުމާލޭ ގެސްޓުހައުސެއް ތެރޭ މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ބަނޑު ފަޅާލާ މަސްތުވާތަކެތި ނަގާފައިވަނީ އޭނާގެ އާއިލާގެ ބަހެއް ނޫނީ ކޯޓު އަމުރެއް އޮވެގެންތޯ ކުރި ސުވާލަށް ފުލުހުން ޖަވާބުދީފައި ނުވެއެވެ.

ޗެނަލް 13 އަށް މި މަހުގެ ފަސް ވަނަ ދުވަހު އިތުބާރުހުރި މަސްދަރަކުން ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ ޖަވާބެއް ނެތުމުން ޚަބަރު ޝާއިއުކުރިއެވެ.

އެގޮތުން މައުލޫމާތު ލިބުނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ބަނޑުން 72 ބުލެޓުގެ މަސްތުވާތަކެތި ނެގިކަމަށެވެ. އޭނާގެ ބަނޑު ފަޅާލާފައިވަނީ ހުޅުމާލެ ސަހަރާގައިކަމަށް ވެސް މައުލޫމާތު ލިބުނެވެ.

ފުލުހުންގެ ޖަވާބު ނުލިބުމުން ޚަބަރު ޝާއިއުކުރިތާ ދެތިން ގަޑިއިރުތެރޭ ފުލުހުން ވަނީ މައުލޫމާތު މިޑިއާ ގުރޫޕަށް ފޮނުވާލާފައެވެ.

ފުލުހުން މި ކަމުގެ މައުލޫމާތު ފުރަތަމަ ހިއްސާ ކުރި އިރު ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވަނީ މައްޔިތާ ގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މައްޔިތާގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. މައްޔިތާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް މަސްތުވާތަކެތި ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން 30 ނޮވެމްބަރު ގައި ސީޓީ ސްކޭން ހެދި ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް އޭގެ ދެ ދުވަސް ފަހުން ކުރީ، މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމަކަށްވުމާއެކު، ޤާނޫނީ ގޮތުން ހުރި ކަންތައްތަކާއި އަދި މިކަމުގައި ހަމަޖައްސަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުން ހުރި ރަސްމީ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެކަންކަން ހަމަޖެހުމުން މިކަން ކުރީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމުގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved