theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ސިޔާސީ
ތާސްކުޅެން އިނދެ ބުރިޖު އެޅިއިރު ޝުޖާއު އުޅުނީ ވެރިކަން ވައްޓާލެވޭތޯ: ރައީސް ޔާމީން
09 ޑިސެމްބަރު 2025
މާލެ ސިޓީ

އެމަނިކުފާނު މުނިފޫހިފިލުވަމުންވެސް ގައުމަށް ތަރައްގީ ގެންނެވިކަމަށާ ނަމަވެސް އޭރު އިބްރާހިމު ޝުޖާއުމެން އުޅެނީ ގައުމުގައި އުފެދިފައި އޮތް ގާނޫނީ ވެރިކަމެއް ވައްޓާލެވޭތޯ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި އެ ޕާޓީގެ ސެނެޓަރ އަބްދުއްލަތީފު މުހައްމަދު ވަނީ ވާނުވާ ބަންދާ ގުޅިގެން ބާރަށު ދާއިރާގެ ޝުޖާއު ރައީސް ޔާމީނަށް ރައްދުކޮށް ދެއްކި ވާހަކަތަކަށް އަލި އަޅުވާލާ ސުވާލެއް ރައީސް ޔާމީނަށް އަމާޒުކުރައްވާފައެވެ.

އެގޮތުން އޭނާއަށް ލިބިހުރި މައލޫމާތުގެ އަލީގައި ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ވާނުވާ ބަންދު ނުޖަހާ ކަމަށާ އެކަން ހުއްޓުމުކަށް ގެނެސްފައި އޮތް ކަމަށެވެ. އެހެންކަމުން އެކަމުގެ ތަފްސީލު ދެއްވާ ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމަށް ލަތީފު ރައީސް ޔާމީން އަރިހު އެދުމުން ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޝުޖާއަކީ ބަސް ބުނުމުގެ ކުރިން ރިޝްވަތު ނަގާ މީހެއް ކަމަށާ ބަސް ބުނުމަށް ފަހު ވެސް ރިޝްވަތު ނަގާ މީހެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މުނިފޫހިފިލުވުމަކީ ވެސް އޮންނަ ކަމެއް ކަމަށާ ނަމަވެސް އެމަނިކުފާނު މުނިފޫހފިލުވުމަސް ކުރެއްވި ކަންކަމުގެ ތެރެއިންވެސް ގައުމުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް އޮންނާނީ ނިންމާފައި ކަމަށެވެ. އެގޮތުން ބިޔަ ބޮޑު ބުރިޖެއް ކަނޑެއް ހިއްކައިގެން އެމަނިކުފާނުގެ ޒައާމަތުގައި އެޅިކަން ފާހަގަކުރައްވާ ރައީސް ޔާމީން އެމަނިކުފާނު މުނިފޫހިފިލުވަން ވަގުތު ނުނަންގަވާ ތަރައްގީގެ މަސައްކަތްކުރެއްވި ނަމަ ޝުޖާއުމެންނަށް އަދި އެމަނިކުފާނު ހޯދާ ނުފެންނާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ގައުމައިގެން އެމަނިކުފަނު އުޅުއްވިއިރު ޝުޖާއު އުޅުނީ ބަޔަކާ ގުޅިގެން ގައުމުގައި އޮތް ގާނޫނީ ވެރިކަމެއްގެ ނިމުން ގެންނަން ކަމަށެވެ.

ތާސްވެސް ކުޅެންވާނެ. އެކަމަކު ތާސް ކުޅެން އިނދެ ދެއްތޯ ފަސް މިނެޓު ތެރޭ ބުރިޖެއްވެސް އެއޮތީ އަޅާފައި. އެވަގުތުކޮޅުވެސް ތާސްކުޅެން ނީނދެ އެހެންކަމެއް ކުރި ނަމަ ޝުޖާއުމެންނަށް ހޯދާ ނުފެނުނީހެއް ނުން. ރައީސް ޔާމީން ތަރައްގީ ގެންނަމުން ތާސްކުޅެން އިން އިރު ޝުޖާއުމެން އުޅެނީ ބަޔަކާ ގުޅިގެން ވެރިކަން ނިމުމަކަށް ގެންނަން. އަދީބުއާ ގުލިގެން ޖަރީމާ ހިންގި މީހުންގެ ލިސްޓު އެ ހާމަވަނީ. އަދި އެކަމުގެ ތަފްސީލުތައް އަންނާން އިނގޭތޯ. އެހެންވީމާ ޝުޖާއުމެން އެބަ ޖެހޭ ފަސް އެނބުރި މެހި ބުރާތޯ ބަލަން ހަމަ.

- ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މިއަދު ވެރިކަމުގައި ތިބި މީހުން އެހެން މީހުންގެ ކުށް ދެއްކުމުގެ ބަދަލުގައި ކަންކަން އިސްލާހުކޮށް ގައުމަށްޓަަކައި މަސައްކަތްކުރުން މުހިއްމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެ އަހަރުވެގެން ދިޔައިރު ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved