May 26, 2026
Advertisement
ޝުޖާއުމެން ފަޔަށް ހިނި އަރައިގެން އުޅެނީ ވެރިކަން ނިމޭކަން އިހުސާސްވާތީ: މަލީހު
ޝުޖާއުމެން ފަޔަށް ހިނި އަރައިގެން އުޅެނީ ވެރިކަން ނިމޭކަން އިހުސާސްވާތީ: މަލީހު / ތޭރަ އޮންލައިން

ޝުޖާއުމެން ފަޔަށް ހިނި އަރައިގެން އުޅެނީ ވެރިކަން ނިމޭކަން އިހުސާސްވާތީ: މަލީހު

May 25, 2026, 07:50 PM
މާލެ ސިޓީ

ޕީއެންސިގެ އިސްވެރިން ގޮތް ހުސްވެ ތެޅި ފޮޅެމުންދަީ ވެރިކަމުގައި ސިއްކަ ޖެހެން އުޅޭތީ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ، ބާރަށު ދާއިރާ މެމްބަރު އިބްރާހިމު ޝުޖާއުއާ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއާ ރައީސް މުހައްމަދު މުއިއްޒު ފަދަ ޕީއެންސީގެ އިސް ބޭފުުން މިއަދު ތެޅި ފޮޅި ނަގަމުންދާ ކަމަށާ އެބޭބޭފުޅުން ފަޔަށް ހިނި އަރަިއގެން އުޅެހެން އުޅުއްވަނީ ޕިއެންސިގެ ވެރިކަމުގައި ސިއްކަ ޖެހި ވެރިކަން ނިމެން އުޅޭކަމުގެ އިހުސާސު އެބޭފުޅުންނަށް ކުރެވެން ފެށުމުން ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުން، ޕީއެންސީގެ އެއްވެސް ވެރިއަކަށް މައާފު ނުކުރާނެ ކަމަށާ އެހެނީ މުޅި ދައލަތް ދަވާލުމަކީ ކޫލް ކަމަކަށް ނުވާތީ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ޕޯސްޓު ނިންމަވާލައްވަމުން މަލީހު ވަނީ ޝުޖާއުމެންނާ އިންސާފު އަރާ ހަމަކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޝުޖާއު ވަނީ ޕީއެންއެފްއަށާ ރައީށް އަބްދުﷲ ޔާމީނަށް ވެސް ނިސްބަތްކޮށް ބަދު ބަސްތައް ރައްދުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved