April 13, 2026
Advertisement
ރައްޔިތުން މިހާރު އިސްކުރަނީ އެ ރައްޔިތުންގެ މަސްލަހަތު: ރައީސް ޔާމީން
ރައްޔިތުން މިހާރު އިސްކުރަނީ އެ ރައްޔިތުންގެ މަސްލަހަތު: ރައީސް ޔާމީން / ތޭރަ އޮންލައިން

ރައްޔިތުން މިހާރު އިސްކުރަނީ އެ ރައްޔިތުންގެ މަސްލަހަތު: ރައީސް ޔާމީން

Apr 13, 2026, 04:12 PM
މާލެ ސިޓީ

ގައުމުގައި މިހާރު ރައްޔިތުން އިސްކުރަނީ އެ ރައްޔިތުންގެ މަސްލަހަތުކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި މީގެ ކުރިން ރައްޔިތުން ގެންދިޔައީ ސިޔާސީ މީހުން ދެއްކި ކޮންމެ ވާހަކައެއް ގަބޫލުކުރަމުން ކަމަށާ ނަމަވެސް މިހާރު ރައްޔިތުން، ޕީއެންއެފްގެ ޕޯޑިއަމްގައި ދައްކާ ވާހަކަ ކަނުލާ އަޑު އަހާ އެ ރައްޔިތުންނަށް ފައިދާވާނެ ގޮތް ގޮތް ބަލާ ދިރާސާކޮށް ޚިޔާރުކުރަމުން ގެންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަމުގެ ހެއްކަކީ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ފެނުނު ނަތީޖާ ކަމަށާ އެގޮތުން ރައްޔިތުން ވަނީ ފައިސާ އާ ވަޒީފާތައް ވެސް ބެހި ބެހުމުގައި އެޅުނު ބައި ނަގާ މަންފާ ހޯދުމަށް ފަހު ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓު ދީފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވޯޓުގެ ނަތީޖާއިން ހާމަވީ ފައިސާއަށް ރައްޔިތުން ވޯޓުދިން ދިނުން ނިމުމަކަށް އައިސްފި ކަން ކަމަށާ މަހުޖަނުންނާ ބާރުގަދަ މީހުންގެ އުނގަށް ރައްޔިތުން ވެއްޓުން ނިމުމަކަށް ގެނެސްފި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބާރަކީ ކިހާ ވަރެއްގެ އެއްޗެއްކަން، މިހާރު ބާރުގެ ބޭނުންކުރާ ވެރިންނަށް ފަހުމުވެފައިވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved