February 26, 2026
Advertisement
ސަނާކިޔުން ހުއްޓާލާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ: ރައީސް ޔާމީން
ސަނާކިޔުން ހުއްޓާލާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ: ރައީސް ޔާމީން / ތޭރަ އޮންލައިން

ސަނާކިޔުން ހުއްޓާލާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2026, 04:00 PM
މާލެ ސިޓީ

ސަރުކާރަށް ސަނާކިޔުން ހުއްޓާލާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންވަނީ އެމަނިކުފާނު އެމްޑީޕީއާ ބައިއަތު ހިފާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔަމުންދާ ކަމަށް ބުނަމުންދާ ދިއުންތަކަށް އިޝާރާތްކުރައްވާ ވާހަަކަފުޅު ދައްކަވަފާއެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ޕީއެންއެފުން ބާއްވާ ޖަލްސާތަކަކީ ސަރުކާރަށް ސަނާކިޔުމަށް ބާއްވާ ޖަލްސާތަކެއް ނޫން ކަމަށާއި، މިހާރު އޮތް ޕީއެންސީ ސަރުކާރަށް ތާއީދުކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާން ނެތް ކަމަށް ވިދާޅުވެފައެވެ.  ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ އިރު، ސަރުކާރަށް ސަނާކިޔައިގެން ތިބެންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ މަގްސަދަކީ ހަމައެކަނި ސަރުކާރަށް ފާޑުކިޔުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ޕާޓީއެއް ކަމަށެވެ. އަދި ސަރުކާރުން ރަނގަޅު ކަމެއް ކޮށްފިނަމަ އެކަމަށް ތައުރީފު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާހީ މަސައްކަތުގައި ކުރިން އުޅުއްވި ގާސިމް މިއަދު ފެންނާން ނެތް ކަމަށެވެ. އަދި ކާޑެއްދޫ ފަދަ ތަންތަނުން ލިބޭ މަންފާއަކަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ޕީއެންސީއަށް ދިނުމަށް ގާސިމް ގޮވާލައްވަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަމިއްލަ ނަފްސަށް އިތުބާރެއް ނެތް، ގާސިމް ފަދަ ސިޔާސީ ލީޑަރުންގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށާ އެއީ ނަފްސުގެ އިތުބާރުވެސް ނެތް ބައެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved