May 30, 2026
Advertisement
Raees Yameen Adhi Madam Fathun
Raees Yameen Adhi Madam Fathun / ތޭރަ އޮންލައިން

"އެސެންޒާ ބައި ކައިލާން" ފިހާރަ ރައީސް ޔާމީން ހުޅުވައިދެއްވައިފި

Aiminath Sarah
އައިމިނަތް ސާރާ
Feb 27, 2026, 10:03 PM
މާލެ ސިޓީ

ހުޅުމާލޭގައި އަލަށް ހުޅުވި "އެސެންޒާ ބައި ކައިލާން" ފިހާރަ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ހުޅުވައިދެއްވައިފިއެވެ.

Advertisement

މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފިހާރައިގެ އިސްވެރިންނާއި އާންމުން ވެސް ބައިވެރިވެފައިވެއެވެ.

ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ "ލަވޭރާ" އާ އިންވެގެން ހުޅުވި މި ފިހާރައަކީ ފެންވަރު ރަނގަޅު ގިނަ ބާވަތްތަކެއްގެ މުދާ ލިބޭނެ ތަނެކެވެ. އެގޮތުން، ތަފާތު އެކި ބްރޭންޑްތަކުގެ ކޮސްމެޓިކް ބާވަތްތަކާއި، މަޝްހޫރު ބްރޭންޑްތަކުގެ ޕާފިއުމް ނުވަތަ ސެންޓުގެ ގިނަ ބާވަތްތަކެއް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

"އެސެންޒާ ބައި ކައިލާން" އަކީ ރީތިވުމަށް ބޭނުންކުރާ ސާމާނާއި ސެންޓަށް ޚާއްޞަކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅުވުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މިފަދަ ތަކެތި ގަންނަން ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

މީގެ އިތުރުން، މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޔާމީންގެ ދެކަނބަލުން ވަނީ ފިހާރަ ބައްލަވާލައްވައި، އެ ފިހާރައިން ލިބެން ހުރި އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. ފިހާރައިގެ މެނޭޖްމަންޓުން ބުނި ގޮތުގައި، އެތަނުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުބާރު ހުރި، އަސްލު ބްރޭންޑްތަކުގެ އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އައު ބާވަތްތައް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved