
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ގުދަނެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާ ޕީއެސްއެމް ބޯޑުގައި ހިމެނޭ އަހުމަދު އަދުހަމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ، "އޮފިޝަލް އިވެންޓްސް"ގެ މުދާތަކެއް ގުދަންކޮށްފައި ހުރިކަން ހާމަވެއްޖެއެވެ.
ސުޖާއުގެ ކުންފުނީގެ ވަރަށް ގިނަ މުދާ ޓީވީ މޯލްޑިވްސްގެ އިމާރާތް އަދި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގައި ގުދަންކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ދަނީ މީސްމީޑީޔާގައި ދައުރުވަމުންނެވެ. އެގޮތުން ޕީއެސްއެމްގެ މުވައްޒަފަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ އެއީ ޝުޖާއުގެ ކުންފުނީގެ މުދާކަން ކަށަވަރުވެސް ކޮށްފައެވެ.
މީގެ ފަސް ވަރަކަށް މަސްދުވަސް ކުރިން ސުޖާއުގެ އިތުރު މުދާތަކެއް ވެސް ޕީއެސްއެމްގެ އިމާރާތަކަށް ގެނައި ކަމަށްވާއިރު، ޕީއެސްއެމްގެ އިމާރާތްތަކުގައި ގުދަންކޮށްފައި ހުރި މުދަލުގެ ތެރޭގައި ލައިޓިންއަށް ބޭނުން ކުރާ ސާމާނާއި ގޮނޑި މޭޒާއި އިވެންޓު ތައްޔާރު ކުރަން ބޭނުންވާ އެހެނިހެން ސާމާނު ހިމެނޭކަމަށްވެސް ވެއެވެ.
މި ކުންފުނީގެ ޝެއާހޯލްޑަރުންގެ ތެރޭގައި ޕީއެސްއެމް ބޯޑުގައި ހިމެނޭ އަދުހަމް ހުރިއިރު، މިއީ ކޮރަޕްޝަން ކަމަށް ބެލެވޭނެއެވެ. މިކަން އަދުހަމްއާ ޝުޖާއު ދޮގުކޮށްފައިވެސް ވެއެވެ. ނަމަވެސް މުސްކުޅިން ބުނެ އުޅޭ ގޮތުގައި އަޑެއް ކިޔައިފިއްޔާ ރެނދުލާނެއެވެ.










