"ފަލަސްތީނު މައްސަލައަށް ހައްލު"،ގެ ނަމުގައި ޚާއްސަ ދަރުސެއް ބާއްވަން ނިންމައިފިއެވެ.
މި ދަރުސް އޮންނާނީ 12 ޑިސެމްބަރު ވާ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައެވެ. މި އިވެންޓުގައި ދަރުސް ދެއްވާނީ ދީނީ އިލްމުވެރިޔާ އައްޝައިޚު ފަޒްލޫނު ބިން މުހައްމަދުއެވެ.
މި އިވެންޓު ކުރިއަށް ގެންދާނީ އުއްމަތް ފަލަސްތީނާ އެކު ޖަމްއިއްޔާއިން އިސްނަގައިގެންނެވެ. ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ 08:45 ގައެވެ.
މި ދަރުސް ޗެނަލް13 އިން ލައިވް ކުރާނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 07 ވަނަ ދުވަހު ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ދިވެހިން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.