March 27, 2026
Advertisement
ހައި ކޯޓް
ހައި ކޯޓް / ހައި ކޯޓް

ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 10:32 PM

ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

Advertisement

ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.

މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފަ އެވެ.

މި ނިންމުން ނިންމާފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved