April 30, 2026
Advertisement
ޒަރިޔަންދު
ޒަރިޔަންދު / ތޭރަ އޮންލައިން

ފުރަތަަމަ ބަލާނީ މޭޔަަރަކަށް ވެވޭތޯ، ގާނޫނުގައި ބުނާ ވަރުގެ މޭޔަރަކު އަދި ނުފެނޭ: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 23, 2025, 06:59 PM
މާލެ ސިޓީ

މޭޔަރުކަމަށް އައިސް ފުރަތަމަ ބަލާނީވެސް ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާ މޭޔަރަކަށްވެވޭތޯ ކަމަށް، މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ކުރިމަތިލައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޗެނަލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި، މޭޔަރުކަމަށް ވަޑައިގެންނެވިއްޖެނަމަ އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ހައްލު ކުރައްވާނީ ކޮން ކަމެއްކަމާ މެދު ވާހަކަ ދައްކަވަަމުން ޒަރިޔަންދު ވިދާޅުވީ މައްސަލަތަކަށް ހައްލު ލިބޭނީ ޝަރުތު ހަމަވާ މޭޔަރު ހުރެގެން ކަމަށެވެ.

އެގޮތުން ގާނޫނު ބުނާ ޝަރުތު ހަމަވާ މޭޔަރު ރާއްޖެއަށް ލާމަރުކަޒީ ނިޒާޟު ތައާރަފްވި ފަހުން އަދި މާލެ ސިޓީގައި ފެނިފައި ނުވާ ކަމަށް ވިދާޅުވެ ޒަރިޔަންދު ވިދާޅުވީ، ސިޔާސީ ފިކުރުން ތަތްތެޅި ޕާޓީގެ ކަންކަމަށް ގޮސް ހުސްވެފައި ތިބޭ ބޭފުޅުންނަށް މޭޔަރުކަން ނުކުރެވޭނެ ކަމަށެވެ.

އެހެނީ މޭޔަރުން ވާން ވާނީ ރައްޔިތުންގެ ޚާދިމުންނަކަށްކަމަށްވެފައި ޕާޓީ ފިކުރު އާލާކޮށް ކުރިއެރުވުމުގައި ބުރަކޮށް އުޅުއްވާ މޭޔަރުންނަށް ރައްޔިތުންގެ އަޑު ގާތުން އަހާ ކަންކަން ހައްލުކުރަން ވަގުތު ނޯންނާނެ ކަމަށްވާތީ ކަން ވެސް ޒަރިޔަންދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު ވިދާޅުވީ، މިއަދު މުޖުތުމައުގައި، ރައްޔިތުންވެސް ވަނީ ގާނޫނާ ޚިލާފަށް ކަންކަން ކުރަން އާދަވެފައި ކަމަށާ އޭގެ ސަބަބަކީ ވެރިންގެ ވެސް ގާނޫނާ ޚިލާފު އަމަލުތައް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved