theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ވިޔަފާރި
ކުކުޅު ފިހާރައިން ހިލޭ ކުކުޅު ފައި ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
Yana Shareef
ޔާނާ ޝަރީފް
25 ޑިސެމްބަރު 2025

ކުކުޅު ފިހާރައިން ހިލޭ ކުކުޅު ފައި ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ކުކުޅު ފައިގެ 10 ކޭހަކަށް، އެއް ކޭސް ހިލޭ ލިބޭނެ ކަަމަށެވެ.

ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved