April 9, 2026
Advertisement
ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި
ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި / ސޯޝަލް މީޑިއާ

ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 11, 2026, 03:14 AM
މާލެ ސިޓީ

ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފިއެވެ.

Advertisement

ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކަސްޓަމަރުން ގަންނަ ކޮންމެ ބަޓަރު ބްލޮކްގެ 10 ކޭސްއަކަށް، ހިލޭ އެއް ކޭސް ލިބޭނެ ކަމަށެވެ.

ކުކުޅު ފިހާރަ އިން ބަޓަރު ބްލޮކްގެ ތިން ސައިޒެއް ލިބެއެވެ. އެއީ 100 ގްރާމް، 200 ގްރާމް އަދި އެއް ކިލޯގެ ބަޓަރު ބްލޮކް ކޭހެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ސައިޒުގެ ކޭސް މިކްސްކޮށް ގަތް ކަމުގައި ވިޔަސް، އެއް ކޭސް ހިލޭ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވައެވެ. ކުކުޅު ފިހާރައަކީ ފެންވަރު ރަނގަޅު ކާބޯތަކެތި ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރު ހޯދާފައިވާ ތަނެކެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުންނާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved