February 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުކުޅު ފިހާރައިން ބޯވަދިލަ މަސް ކޭހުން އަގު ހެޔޮކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 8, 2026, 08:30 PM
މާލެ ސިޓީ

ކުކުޅު ފިހާރައިން ވިއްކާ ބޯވަދިލަ މަސް ކޭހަކުން 150ރ. އަގުހެޔޮ ކޮށްފިއެވެ.

Advertisement

ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިޠާ އާދަމް ވިދާޅުވީ، އެ ފިހާރައިން ވިއްކަމުން ދިޔަ ބޯވަދިލަ މަހުގެ އެއް ކިލޯގެ 10 ޕެކެޓް ހިމެނޭ ކޭހަކުން މިހާރު ވާނީ 100ރ. ހެޔޮކޮށްފައެވެ. އެއާއެކު ކުރިން 1،490ރ. އަށް ވިއްކަމުން ދިޔަ ބޯވަދިލަ މަސް ކޭހެއް 1،340ރ. އަށް މިހާރު ލިބެން ހުންނާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރައިން ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވައެވެ.

ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.

މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved