
ކުކުޅު ކުރަނޑި ކޭހެއް ހިލޭ ލިބޭ ދެ މަސް ދުވަހުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިން ފަށާފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖްގެ ކުކުޅު ކުރަނޑި ކޭސް ޕްރޮމޯޝަންގެ ޕޯސްޓަށް ލައިކް ޖަހާ އަދި ކޮމެންޓުކުރަން ޖެހޭނެއެވެ. އެގޮތުން އެ ޕޯސްޓަށް އެންމެ ގިނަ ލައިކް، ޝެއާ، ޓެގް އަދި ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް، ޝެއާ، ކޮމެންޓް އަދި ޓެގް ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ލިބިގެން ދާ ގޮތަށް ދެ މަސް ދުވަހަށް މިޕްރޮމޯޝަން ކުރިއަށް ދާނެއެވެ.
ތަފާތު އުފެއްދުންތައް ލިބެން ހުންނަ ކުކުޅު ފިހާރައިން ކައިރި ކައިރީގައި ތަފާތު އެކި ބާވަތްތަކުގެ ހާއްސަ ޕްރޮމޯޝަންތައް ބާއްވައެވެ.
ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.
އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.










