theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ވިޔަފާރި
ކުކުޅު ފިހާރައިން ސްލައިސް ޗީޒްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 ޖެނުއަރީ 2026
މާލެ ސިޓީ

ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު "ކުކުޅު ފިހާރަ" އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ސްލައިސް ޗީޒް ކޭހެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ. މިގޮތުން ކަސްޓަމަރުން ބައްލަވައިގަންނަވާ ސްލައިސް ޗީޒްގެ ކޮންމެ 10 ކޭހަކަށް އިތުރު އެއް ކޭސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުކުޅު ފިހާރައިން ވިއްކާ ސްލައިސް ޗީޒްގެ ތަފާތު ތިން ސައިޒެއް މިހާރު ބާޒާރުން ލިބެން ހުރެއެވެ. އެއީ 100 ގްރާމް، 200 ގްރާމް، އަދި އެއް ކިލޯގެ ޕެކެޓްތައް ހިމެނޭ ކޭސްތަކެވެ.

މާޝިތާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ތިން ސައިޒުގެ ކޭސް މިކްސްކޮށް ބައްލަވައިގަތް ކަމުގައި ވިޔަސް، ކޮންމެ 10 ކޭހަކަށް ހިލޭ ލިބޭ ކޭސް ލިބޭނެއެވެ. މިއީ ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށާއި، ގިނަ އަދަދަކަށް ޗީޒް ބޭނުންވާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ.

ކުކުޅު ފިހާރައަކީ ފެންވަރު ރަނގަޅު ކާބޯތަކެތި ރާއްޖޭގެ ބާޒާރަށް ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރު ހޯދާފައިވާ ތަނެކެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުންނާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved