March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އުމްރާގެ އަޅުކަމުގައި އުޅުނު ދިވެއްސަކު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 1, 2026, 05:16 PM
މާލެ ސިޓީ

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު، ހާޓް އެޓޭކެއް ޖެހިގެން ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

Advertisement

މި ހާދިސާގައި ނިޔާވެފައިވަނީ މ. ސައްކެޔޮމާގޭ، އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒެވެ. އޭނާ މައްކާއަށް ދިޔައީ އަލްމަނާސިކް ގުރޫޕުގެ ހަވާލުގައެވެ.

އަލްމަނާސިކް ގުރޫޕުން މައުލޫމާތު ދިން ގޮތުގައި، އިމްތިޔާޒު ނިޔާވީ އޭނާގެ ދެވަނަ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި މަސްޖިދުލް ހަރަމްގައި އުޅެނިކޮށް ރޭ ރާއްޖެ ގަޑިން 7:35 ހާއިރުއެވެ. އޭނާ ނިޔާވީ ކުއްލިއަކަށް ދިމާވި ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް އެ ގުރޫޕުން ބުނެފައިވެއެވެ.

މި ފަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ. އިސްލާމިކް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 7،700 އަށް ވުރެ ގިނަ ދިވެހިން މިހާރު ވެސް އުމްރާގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގައި އެބަހުއްޓެވެ.

މުހައްމަދު އިމްތިޔާޒު ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް އާންމުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. އޭނާގެ ޖަނާޒާގެ ކަންކަން މައްކާގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved