March 18, 2026
Advertisement
ގެއްލިގެން ހޯދަނީ ޔަލަމްލަމްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީ
ގެއްލިގެން ހޯދަނީ ޔަލަމްލަމްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީ / ސޯޝަލް މީޑިއާ

އުމްރާއަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Dec 29, 2024, 02:59 AM
މާލެ ސިޓީ

ރާއްޖެއިން އުމްރާއަށް ދިޔަ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ، ޔަލަމްލަމްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ޏ. ފުވައްމުލަކު، ސްޓެއްލާ (ދޫޑިގަން) މުހައްމަދު ދީދީއެވެ. ޔަލަމްލަމްއިން ބުނީ، މުހައްމަދަކީ އެ ގްރޫޕުގެ ހަވާލުގައި އިއްޔެ މެންދުރުފަހު ސައުދީ ފްލައިޓު SV839އިން ދަތުރުކުރި އުމްރާވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.

އޭނާ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢުޔު ކުރަނިކޮށް މުހައްމަދު އާއިލާއާ ވަކިވެ ގެއްލިފައިވާ ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ. ހުސައިން މުހައްމަދު ގެއްލުނުއިރު އޭނާ ހުރީ އިހުރާމުގައެވެ. އެ ގްރޫޕުން ބުނީ އޭނާގެ ކަރުގައި އެ ޖަމާއަތުގެ ފާސް އޮންނާނޭކަމަށެވެ.

ހުސައިން މުހައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މައްކާއިން 565836862 966+ / 593709493 966+ ނަންބަރަށް ގުޅުމަށް އެޖަމާއަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖެއިން ނަމަ 9199919 / 7901612 އިން ނަންބަރަކަށް ގުޅުމަށްވެސް ޔަލަމްލަމް ޖަމާއަތުން އެދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved