އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ހުސައިން މުހައްމަދު ދީދީ މިރޭ ސްޓެއްލާ/ ޏ. ފުވައްމުލަކު ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޔަލަމްލަމް ހައްޖު އެންޑް ޢުމްރާ ގުރޫޕާއެކު ސައުދީ ޢަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލަށް/ ސްޓެއްލާ، އުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީއެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ސައުދީއަށް ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ މިހާރު ފެނިފައިވާކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.