މަލީހު ހައި ކޯޓު ކައިރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ޗެނަލް 13
ސިޔާސީ
ރައީސް ޔާމީން ގެ މައްސަލައިގެ ޝަރީއަތް ލަސްވާތީ މަލީހު ކަންބޮޑުވުން ފާޅުކޮށްފި
Fathmath Reem
ފާތުމަތު ރީމް
06 މާރިޗު 2024
މާލެ ސިޓީ

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ލަސްވުމާ ގުޅިގެން އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ނުރުހުން ފާޅު ކުރައްވައިފިއެވެ.

ހައިކޯޓުން މީގެ ވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވާކަމަށް ގަބޫލް ނުކުރާކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅުވާ މަލީހު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ މިފަދަ ކަންކަމުގައި މިފަދައިން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ އެންމެ މީހަކަށް ނުލިބޭ އިންސާފަކީ އެންމެނަށްވެސް އިންސާފު ނުލިބުން ކަމަށާއި އިސްތިއުނާފް މައްސަލަ ލަސްނުވާކަމަށް ގަބޫލް ކުރާނަމަ ރައީސް ޔާމީން މިނިވަން ކުރުމަށް މަލީހު ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށައަޅައިފާވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން އެންމެ ފަހުން ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް 3 މަހަށްވުރެ ގިން ދުވަސް ފާއިތުވެފައިވާ އިރު އަދިވެސް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކޮށްފައެއް ނުވެއެވެ. އަދި ހަމައެހެންމެ ހައިކޯޓުން ދަނީ މައްސަލަ ލަސްވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ތަކުރާރު ކޮށް ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved