March 15, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު / ސަން އޮންލައިން

އީސީ އޮތީ ރައީސް މުޢިއްޒުގެ 'ރަބަރ ސްޓޭމްޕް' އެއްގެ ގޮތުގައި، އިތުބާރެއް ނެތް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 5, 2026, 06:14 PM
މާލެ ސިޓީ

މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒު އޮތް، "ރަބަރ ސްޓޭމްޕް" އިދާރާއެއްގެ ގޮތުގައި ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސިފަކުރައްވައިފިއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންކަން ނިންމަމުން ދަނީ އެއްވެސް މަޝްވަރާއެއް ނެތި، ހަމައެކަނި ވެރިކަން ހިންގާ ޕީއެންސީއަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ. އަދި ކޮމިޝަންގެ ގަވާއިދުތަކަށް ގެންނަމުންދާ ބަދަލުތަކަކީ ސިޔާސީ ނުފޫޒުން ގެންނަ ބަދަލުތަކެއް ކަމަށް ތުހުމަތުކުރައްވައި، މިހާރު އޮތް ކޮމިޝަނަށް އެއްވެސް އިތުބާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން މަލީހް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އެންމެ އިންސާފުވެރިކޮށް އިލެކްޝަންސް ކޮމިޝަނެއް ހިނގާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަހުކޮޅުގައި ކަމަށެވެ.

އީސީ އިޞްލާޙު ކުރުމަށް ހުށަހަޅުއްވަމުން މަލީހް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މަޖިލިސް އެކުލެވިގެންވާންޖެހޭނީ ސިޔާސީ ހުރިހާ ޕާޓީތަކެއްގެ މަންދޫބުން ހިމެނޭ ގޮތަށް ކަމަށެވެ. އަދި ކޮމިޝަންގެ ރައީސަކު ހޮވަންވާނީ އެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަލީހް މިފަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށާއި އީސީއަށް އަމާޒުކުރައްވާފައި މިވަނީ، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް މިއަދަށް ޖަލްސާއެއް ތާވަލުކޮށް ކުރިއަށް ދިޔުމާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved