February 28, 2026
Advertisement
-
- / ބީބީސީ

ސަހްޔޫނީންގެ ކުއްލި ނިންމުން: ރަފާހު ބޯޑަރު ހުޅުވާލަނީ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 8, 2026, 03:49 AM
މާލެ ސިޓީ

ޣައްޒާގެ ރައްޔިތުން އެތެރެވުމަށާއި ބޭރުވުމަށް ބޭނުންކުރާ މިސްރާއި ދިމާލުން އޮންނަ ރަފާހު ބޯޑަރު ހުޅުވާލުމަށް ސަހްޔޫނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމާފައިވާ ކަމުގެ ޚަބަރުތައް ސަހްޔޫނީ މީޑިއާތަކުން ފަތުރަން ފަށައިފިއެވެ. މި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ ލުޔެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، މީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ރޭވުންތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ އުފެދިފައެވެ.

Advertisement

މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ފުރަތަމަ ފަހަރަށް ސަހްޔޫނީން އަޅާފައިވާ ހުރަސްތަކާއި ބްލޮކޭޑްތައް ނަގަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ހުރިހާ ގޭޓްތަކެއް ހުޅުވާލައި، މަގުތަކުގައި ބަހައްޓާފައި ހުރި ސިމެންތި ބްލޮކްތައް ނަގައި، ޗެކްޕޮއިންޓްތަކުން ހުރިހާ ސިފައިން ކްލިއާ ކުރަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ ފާއިތުވި ވިހިވަރަކަށް އަހަރު ތެރޭގައި ވެސް ސަހްޔޫނީންގެ ފަރާތުން ފެނިފައިނުވާ ފަދަ އާދަޔާ ހިލާފު ކަމެކެވެ.

މި ކުއްލި ބަދަލުތަކާ ގުޅިގެން ސަހްޔޫނީން ހަގީގަތުގައި ކުރަން މިއުޅޭ ކަމަކީ ކޮބައިތޯ ބުނެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ބައެއް މުހައްލިލުން ދެކޭގޮތުގައި މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ނުވަތަ އެހެން ބޮޑު ރޭވުމެއްގެ ދަށުން ކުރިއަށްގެންދާ "މަޅިއެއް" ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ސަހްޔޫނީންގެ އިތުބާރު ނެތް ސިޔާސަތުތަކުގެ ސަބަބުން، މި ފިޔަވަޅަކީ ހެޔޮނިޔަތެއްގައި ކުރާ ކަމެއް ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ވަނީ ދަތިވެފައެވެ.

-
-

ސަހްޔޫނީންނާއި ފަލަސްތީނުގެ ގުޅުން މިހާރު އޮތީ ތާރީޚުގައި ވެސް ނުދެކޭ ފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. ލާއިންސާނީ ހަމަލާތަކާއި، ހުއްޓުމެއް ނެތި ބޮން އެޅުމާއި، އަސާސީ ޚިދުމަތްތަކުން މަހުރޫމްކުރުމުގެ ސަބަބުން ފަލަސްތީނުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުން އުޅެމުންދަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ޖެހި، ކޮންމެ ވަގުތަކުވެސް ފުރާނަ ގޮސްދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަހްޔޫނީންގެ ފަރާތުން ފެންނަމުންދާ މި ބަދަލުތަކަކީ ފަލަސްތީނުގެ މިނިވަންކަމަށް އެޅޭ ފިޔަވަޅެއްތޯ ނުވަތަ އެ މީހުން ނައްތާލުމަށް ރޭވޭ އާ ރޭވުމެއްގެ ފެށުންތޯ ބެލުމަށް މުޅި ދުނިޔެ މިހާރު އޮތީ ސަމާލުވެފައެވެ. އިސްލާމީ އުންމަތުން ގޮވާލަމުންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ސަހްޔޫނީންގެ އަނިޔާވެރިކަން ވަގުތުން ހުއްޓާލުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved