February 28, 2026
Advertisement
-
- / އަލްޖަޒީރާ

ވެނެޒުއެލާގެ ތެޔޮ ވިއްކުން މުއްދަތެއް ނެތް ގޮތަށް ކޮންޓްރޯލްކޮށް، ފައިސާއަށް އަތްގަދަކުރާނެ ކަމަށް އެމެރިކާއިން އަނެއްކާވެސް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 8, 2026, 08:36 PM
މާލެ ސިޓީ

އެމެރިކާއިން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހި، ނުފޫޒު ފޯރުވަމުންދާ ދިއުމުގެ ތެރެއިން، ވެނެޒުއެލާގެ ތެޔޮ ވިއްކުން "މުއްދަތެއް ނެތް ގޮތަށް" ކޮންޓްރޯލްކޮށް، އެ ގައުމުގެ މުއްސަނދިކަމަށް އަތްގަދަކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

Advertisement

މި ނިންމުމާއެކު، ވެނެޒުއެލާއިން ބޭރުކުރާ ތެލުން ލިބޭ ފައިސާ ބޭނުންކުރާނެ ގޮތް ނިންމުމުގެ ބާރުވެސް އެމެރިކާގެ ސަރުކާރުން ވަނީ އަމިއްލައަށް ނަގާފައެވެ. މިއީ މިނިވަން ދައުލަތެއްގެ އިގްތިސާދީ މިނިވަންކަމަށް އަރައިގަނެ، އެ ގައުމުގެ ރައްޔިތުން އިތުރު ދަތިތަކަކަށް ހުށަހެޅުމަށް އެމެރިކާއިން ހިންގާ އިސްތިއުމާރީ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ދުނިޔޭގެ ބާރުވެރިކަން ދެއްކުމަށް އެމެރިކާއިން ކުރަމުންދާ މިފަދަ ކަންކަމުގެ ސަބަބުން ވެނެޒުއެލާގެ އިގްތިސާދު އިތުރަށް ބަލިކަށިވެ، އާންމު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. މީގެ ކުރިންވެސް ސަހްޔޫނީން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަށް ފާޅުގައި ވާގިވެރިވާ އެމެރިކާއިން، މިފަހަރު ވެނެޒުއެލާގެ މުއްސަނދިކަމަށް އަތްގަދަކުރުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު، އިންސާފުން އެއްކިބާވެފައިވާ ނިންމުމެކެވެ.

އެމެރިކާގެ މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މިކަމަކީ ހަމައެކަނި ވެނެޒުއެލާއަށް ދެވޭ ނިކަމެތިކަމެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ އިގްތިސާދީ ނިޒާމަށް އެމެރިކާއިން ފޯރުވަމުންދާ ނޭދެވޭ ނުފޫޒުގެ ހެއްކެއް ކަމަށް ސިޔާސީ މުހައްލިލުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved