March 1, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ވެނެޒުއޭލާއަށް ހަމަލާދިނުން ހުއްޓުވަން އެމެރިކާގެ ސެނެޓުން ގަރާރެއް ފާސްކޮށްފި

Yana Shareef
ޔާނާ ޝަރީފް
Jan 9, 2026, 04:41 AM

އެމެރިކާގެ ކޮންގްރެސްގެ ހުއްދައާ ނުލައި ވެނެޒުއޭލާއަށް ހަމަލާދިނުން ހުއްޓުވަން އެމެރިކާގެ ސެނެޓުން ގަރާރެއް ފަސްކޮށްފިއެވެ.

Advertisement

52 ސެނެޓަރުންގެ ވޯޓާއެކު ފާސްކުރި އެ ގަރާރާއެކު ވެނެޒުއޭލާއަށް އިތުރު އަސްކަރީ ފިޔަވަޅު އަޅަން ޓްރަމްޕަށް ހުރަސް އެޅިގެންދާނެއެވެ. އެއާ ދެކޮޅަށް ވޯޓު ދީފައިވަނީ 47 ސެނެޓަރުންނެވެ.

މިކަމާ އެއްކޮޅަށް ޓްރަންޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ވޯޓުދިން ކަން ފާހަގަކުރެވެއެވެ.

މިފަދަ ގަރާރުތައް ކުރިއަށް ގެންދިޔުމަށް މީގެ ކުރިން ކުރި ދެ މަސައްކަތެއް މިދިޔަ އަހަރު ސެނެޓުގައި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީން ވަނީ ހުއްޓުވާފައެވެ.

މި ވޯޓު ނެގީ އެމެރިކާ ސިފައިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަނެ، އެ ގައުމު އޮތީ އެމެރިކާގެ ކޮންޓްރޯލުގެ ދަށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އެ ރެއިޑުގައި ރައީސް މަޑޫރޯ އާއި އޭނާގެ އަނބުކަނބަލުން އަދި ވެނެޒުއޭލާވެ ފަސްޓް ލޭޑީ ސިލިއާ ފްލޮރެސް ވަނީ އެމެރިކާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަޑޫރޯ މިހާރު ހުންނެވީ ނިއުޔޯކުގެ ޖަލެެއްގައެވެ.

އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން ވާހަކަދައްކަވަމުން ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ ވިދާޅުވީ ފަސްޓް ލޭޑީ ފްލޮރެސްއަށް އެމެރިކާގެ ރޭޑްގެ ތެރޭގައި ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. މަޑޫރޯއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވިނަމަވެސް އޭނާގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށް ވެސް ކެލެބޯ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ އެމެރިކާއިން ދިން މި ހަމަލާގައި 100 މީހުން މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved