March 1, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެމެރިކާއިން ދިން ހަމަލާގައި 100 މީހުން މަރުވި: ވެނެޒުއޭލާ

Yana Shareef
ޔާނާ ޝަރީފް
Jan 9, 2026, 04:44 AM

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރަން އެމެރިކާއިން ދިން ހަމަލާގައި 100 މީހުން މަރުވެފައިވާ ކަމަށް ވެނެޒުއެލާގެ އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބެލޯ ވިދާޅުވެއްޖެއެވެ.

Advertisement

މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ކުރިން ކަށަވަރުކޮށްދީފައި ނުވިނަމަވެސް، އެ ގައުމުގެ ⁠ސިފައިން ވަނީ 23 އޮފިސަރުން މަރުވި ކަމަށް މީގެ ކުރިން ބުނެެފައެވެ. އަދި ކިއުބާއިން ވަނީ ވެނެޒުއެލާގައި ތިބި އެގައުމުގެ އަސްކަރީ އަދި ޖާސޫސީ ޚިދުމަތްތަކުގެ 32 މެމްބަރުން އެމެރިކާގެ މި ހަމަލާގައި މަރާލާފައިވާ ކަމަށް ބުނެފައެވެ.

ވެނެޒުއޭލާގެ ދައުލަތުގެ ޓީވީން ކޮންމެ ހަފްތާއަކު ދައްކާ ޝޯއެއްގައި ވާހަކަފުޅު ދައްކަވަމުން ކެބެލޯ "ހިތްވަރުގަދަ" ކަމަށް ސިފަކުރެއްވި ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ އެ ހަމަލާގައި މަރުވި އަސްކަރިއްޔާގެ މެމްބަރުންގެ އަގުވަޒަންކުރުމަށް ހަފްތާއެއް ކަނޑައަޅައި، އެކަން އިއުލާންކުރައްވާފައެވެ.

އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން ވާހަކަދައްކަވަމުން ކެލެބޯ ވިދާޅުވީ މަޑޫރޯއާއެކު އެމެރިކާގެ ސަރުކާރުން ހައްޔަރުކުރި ވެނެޒުއޭލާގެ ފަސްޓް ލޭޑީ އަދި މަޑޫރޯގެ އަންހެނުން ސިލިއާ ފްލޮރެސްއަށް އެމެރިކާގެ ރޭޑްގެ ތެރޭގައި ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved