March 1, 2026
Advertisement
ސްރީ-ލަންކާ
ސްރީ-ލަންކާ / ސޯޝަލް މީޑިއާ

ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު މާދަމާ ލަންކާ އަށް އަރަނީ

Yana Shareef
ޔާނާ ޝަރީފް
Jan 9, 2026, 04:46 AM

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން މާދަމާ ސްރީ ލަންކާގެ ހަމްބަންޓޯޓާ އާއި ކަލްމުނައި ސަރަހައްދާ ދެމެދު ދަތުރު ކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ޑިރެކްޓަރު ޖެނެރަލް އަތުލާ ކަރުނަނަޔަކަ ވިދާޅުވެއްޖެއެވެ.

Advertisement

މޫސުން ކުރިއަށް ލަފާ ކުރާ ގޮތް ކިޔާދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަރުނަނަޔަކަ ވިދާޅުވީ، ޑީޕް ޑިޕްރެޝަން ލަންކާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ޑީޕް ޑިޕްރެޝަން މިހާރު އޮތީ ލަންކާގެ އިރުމަތީ އައްސޭރިފަށުގެ ޕޮއްޓޫވިލް ސަރަހައްދުގެ އިރުއުތުރުން 350 ކިލޯމީޓަރު ދުރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މަސްވެރިން މަހަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭނާ ވިދާޅުވީ މި ޑީޕް ޑިޕްރެޝަންގެ ސަބަބުން ލަންކާގެ އިރުމަތީ އަދި އުވާ ޕްރޮވިންސްތަކަށް 100 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މިއަދު ބައެއް ސަރަހައްދުތަކަށް 50-75 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކޮލަމްބޯ ހިމެނޭ ގޮތަށް ބައެއް ހިސާބުތަކަށް ގަޑިއަކު 50 ކިލޯމީޓަރާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved