March 2, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

މާލެ ސިޓީ ރައްޔިތުން ފެއިލްކުރުވަނީ އޮތް ސިސްޓަމް: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 13, 2026, 07:34 PM
މާލެ ސިޓީ

މާލެ ސިޓީ ރައްޔިތުން ފެއިލްކުރުވަނީ ކަންކަން ބިނާވެފައި އޮތް ސިސްޓަމް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދުގެ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައިވާ ވީޑިއޯ ޕޯސްޓެއްގައި ވަނީ މާލޭ ރައްޔިތުންނަކީ ފެއިލްވެފައިވާ ބައެއް ނޫން ކަމަށާ ރައްޔިތުން ފެއިލްވަނީ ކަންކަން ކުރަން އުފެދިފަައި ހުރި ގަވައިދުތަކާ ގާނޫނުތައް ނުވަތަ "ސިސްޓަމު" ކަމަށް ވިދާޅުވެފައެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވެފައިވަނީ، އެކަންކަން ހައްލުވާނީ ޒިންމާދާރު ޖަވާބުދާރީ ކުރުވަނިވި އިދާރީ އިންތިޒާމެއް އުފަން ކުރުވައިގެން ކަމަށެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، މާލެ ސިޓީގެ ކަންކަން ބޮއްސުންލާ ސިޓީގެ ކަންކަން ހަރުދަނާކޮށް ހިންގަން ބާރުވެރި މިނިވަން މޭޔަރަކު ބޭނުންވަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved