theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ޓްރަމްޕަކީ އެއްކަމެއްވެސް ނުވާ ބޮޑު އަނގައެއް: އިރާން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ހަމައެކަނި ބޮޑެތި ވާހަކަތައް ދައްކަވާ، ނަމަވެސް އަމަލީ ގޮތުން އެއްވެސް ނަތީޖާއެއް ނެރެވޭނެ ބޭފުޅެއް ނޫން ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ސަރުކާރުގެ ތަރުޖަމާނު ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޓްރަމްޕްގެ ވެރިކަމުގައި އިރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، "މެކްސިމަމް ޕްރެޝަރ" ސިޔާސަތަކީ އެއްވެސް ކުރިއެރުމެއް ލިބޭނެ ކަންކަން ނޫން ކަމަށެވެ. އަދި ޓްރަމްޕްގެ ބަހުގެ ހަމަލާތަކަކީ ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި ބޭނުންކުރާ "ހުސް އަނގަ" އެއްގެ ގޮތުގައި އިރާނުން ވަނީ ސިފަކޮށްފައެވެ.

މި މޭރުމުން އިރާނުން ވާހަކަދައްކާފައި މިވަނީ، އެމެރިކާގެ ސަރުކާރުން އިރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުންނާއި، މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ޓްރަމްޕް ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އިރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ބައިނަލްއަގުވާމީ އެއްބަސްވުންތަކުން ވަކިވެ، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ޓްރަމްޕްގެ ސިޔާސީ ނާގާބިލުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ޓްރަމްޕް ހީކުރީ ދަތިކުރުމުގެ ފިޔަވަޅުތަކުން އިރާން ކަކޫޖައްސާލެވޭނެ ކަމަށް. ނަމަވެސް މިއަދު ފެންނަން އޮތް ހަގީގަތަކީ އިރާން އިތުރަށް ވަރުގަދަވެ، އޭނާގެ ސިޔާސަތުތައް ފޭލްވެފައިވާ މަންޒަރު،" އިރާނުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން، އިރާނުން ވަނީ އެމެރިކާގެ އެތެރޭގެ ސިޔާސީ ކަންކަމާ ބެހުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި، ނަމަވެސް ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކަށް ފުރިހަމައަށް ރައްދުދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އިރާނުން އިތުރަށް ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ ބަހުގެ ހަމަލާތަކަށް އެ ގައުމުން ބިރުނުގަންނަ ކަމަށާއި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމުގައި އިރާން ދެމިއޮންނާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާއިން ކުރިމަތިކުރާ ކޮންމެ ގޮންޖެހުމަކަށް ފުރިހަމައަށް ރައްދުދިނުމުގެ ގާބިލުކަން އިރާނުގެ ދިފާއީ ބާރުތަކަށް ލިބިގެންވާ ކަމުގެ ޔަގީންކަންވެސް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ބާރުއަޅަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved