އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ސަރުކާރަށް ތައުރީފު ކުރައްވައި، އެ ގައުމުގެ ލީޑަޝިޕަށް ޝުކުރު އަދާކުރައްވައިފިއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވީ، އީރާނުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މަރުގެ އަދަބު ދިނުމަށް ތައްޔާރުކުރެވުނު ގިނަ އަދަދެއްގެ މީހުން ދަންޖެހުން އެ ގައުމުން ކެންސަލް ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވުމަށް ތާވަލުކުރެވުނު 800 އަށް ވުރެ ގިނަ މީހުން ދަންޖެހުމުގެ އަމުރު އީރާނުގެ ލީޑަޝިޕުން ކެންސަލް ކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ. "ޝުކުރިއްޔާ!" ވިދާޅުވަމުން ޓްރަމްޕް ވަނީ އީރާނުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، މިއީ ޓްރަމްޕް އީރާނުގެ ސަރުކާރުގެ ބާރާއި ނުފޫޒަށް ޖެހިލުންވެ، ފަހަތަށް ޖެހުމުގެ ނިޝާނެއް ކަމަށެވެ. މީގެ ކުރިން އީރާނާ މެދު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވި ޓްރަމްޕްގެ މި ބަދަލަކީ، އެ ގައުމުގެ ދާހިލީ ކަންކަމާ ބެހުމުގެ ބަދަލުގައި، އީރާނުގެ ނިންމުންތަކަށް ބޯލަނބައި، މަޑުމައިތިރި ރޫހެއް އިހުތިޔާރު ކުރެއްވުން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
JUST IN:
— Megatron (@Megatron_ron) January 16, 2026
🇺🇸🇮🇷 Trump says 'Thank you' to the Iranian government for not hanging the rioters:
"I greatly respect the fact that all scheduled hangings, which were to take place yesterday (over 800 of them), have been cancelled by the leadership of Iran. Thank you!" pic.twitter.com/MwwGweVFNf
އީރާނުގެ މި ނިންމުމަކީ އެ ގައުމުގެ ދާހިލީ އަމާންކަން ގާއިމުކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވާއިރު، ޓްރަމްޕް ފަދަ ބޭފުޅަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޝުކުރު އަދާކުރުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އީރާނުގެ ނުފޫޒު ގަދަވަމުންދާކަން ހާމަވާ ކަމެކެވެ.
މީގެ އިތުރުން، މި ފިޔަވަޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ލުޔެއް ލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ޓްރަމްޕް އީރާނުގެ ކުރިމަތީގައި މަޑުޖެހިލި ދަނޑިވަޅެކެވެ.