March 13, 2026
Advertisement
އައިކެއަރގެ ފަރާތުން ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް!
އައިކެއަރގެ ފަރާތުން ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް! / އައިކެއަރ އޮޕްޓިކަލްސް

އައިކެއަރގެ ފަރާތުން ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް!

Jan 20, 2026, 11:10 PM
މާލެ ސިޓީ

އައިކެއަރގެ ފަރާތުން ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Advertisement

އެ ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި، އައިކެއާގެ ކޮންމެ އައުޓްލެޓަކުން ވެސް 1,000 ރުފިޔާއިން ފެށިގެން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ކުރާ ކޮންމެ 1,000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ކޫޕަންތައް ފުރުމަށް ފަހު އައުޓްލެޓްތަކުގައި ހުންނަ ފޮއްޓަށް ލާންޖެހޭނެއެވެ.

ކަސްޓަމަރުންނަށް ލޮލުގެ ފަރުވާ ލިބޭނެ އިންތިޒާމު އިތުރަށް ފަސޭހަކޮށް، އަގުހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ، "ވިން އަ ރަމަޟާން އުމްރާ ޓްރިޕް" ޕްރޮމޯޝަންގެ އިތުރުން މި މަހުގެ ނިޔަލަށް އައިކެއާއަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ބައެއް ބްރޭންޑްތަކުގެ އައިނުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ މަގްސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނު ހެޔޮ އަގުގައި ހޯދުމަށް ފޯރުކޮށްދޭ ފަހި ފުރުސަތެއްގެ ގޮތުގައި އައިކެއާއިން ހާމަކޮށްފައިވެއެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ އަންނަ މަހު ފުރަތަމަ ހަފުތާގައި އައިކެއާގެ މެނޭޖްމަންޓްގެ ހާޒިރުގައެވެ. ނަސީބުވެރިޔާގެ މަޢުލޫމާތު އައިކެއާގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved