
ގިނަ ވަގުތު ސްކްރީންތަކަށް ބަލަން ހުރުމުގެ ސަބަބުން ލޮލަށް ބާރުބޮޑުވެ، ބޮލުގައި ރިއްސުމާއި ފެންނަ އެއްޗެހި ފުސްވުމަކީ މިއަދުގެ ދިރިއުޅުމުގައި ގިނަ ބަޔަކަށްދިމާވާ އާންމު މައްސަލައެކެވެ.
ނަމަވެސް، މިފަދަ އަލާމާތްތަކަށް ފަރުވާކުޑަކޮށް، ލޯޗެކްކުރުން ފަސްކުރުމަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމަށް އައިކެއަރ އޮޕްޓިކަލް އިން ހާމަކުރެއެވެ.
އައިކެއަރ އިން ފާހަގަކުރާ ގޮތުގައި، ގަވާއިދުން ލޯ ޗެކްކުރުމަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ފެނުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަތުމަށް ކޮންމެހެން މުހިއްމު ކަމެކެވެ. ގިނަ ފަހަރަށް ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަށް އިންސާނާގެ ހަށިގަނޑު އަމިއްލައަށް ހޭނެމުންދާއިރު، އެކަން އިހުސާސް ކުރެވެނީ މައްސަލަ ބޮޑުވާހިސާބުންނެވެ.

އެހެންކަމުން، ބޮލުގައި ރިއްސުމާއި ލޯ ފުސްވުން ފަދަ ކަންކަމަކީ ލޮލުގެފަރުވާއަށް ބޭނުންވެފައިވާ ކަމުގެ ކުރީގެ ނިޝާންތަކަކަށް ވެދާނެއެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެދެމުންދާއިރު، ފޯނު ކޯލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދުމަށް ކިއޫގައި މަޑުކުރުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމަށް އައިކެއަރއިން ވަނީ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އައިކެއަރގެ އަމާޒަކީ ކޮންމެ ކަސްޓަމަރަކަށްވެސް އެއްވެސް ތަކްލީފެއް ނެތި، އަވަސްކަމާއެކު ލޮލުގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމެވެ. ކޯލް ކިއުގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި އައިކެއަރގެ ރަސްމީ ވެބްސައިޓްމެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ އިންތިޒާމު މިހާރު އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.
ހަމަ އެހެންމެ އެ ހޮސްޕިޓަލުގެ ވައިބަރ (Viber) ނުވަތަ ވަޓްސްއެޕް (WhatsApp) މެދުވެރިކޮށް 7201026 އަށް މެސެޖު ކޮށްލައިގެންވެސް ވަރަށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ކަށަވަރު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި އިންތިޒާމްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުކޮށް ބޭނުންވާ ވަގުތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވީމާ، ލޮލުގެ ފެނުމަށް ކުޑަވެސް ބަދަލެއް އައިސްފައިވާނަމަ ނުވަތަ ސްކްރީންތަކަށް ބަލާއިރު އުނދަގޫވާނަމަ، ލަސްނުކުރައްވައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހައްދަވައިގެން ލޯ ޗެކްކޮށްލުމަކީ ދުޅަހެޔޮ ފެނުމަކަށް އެޅޭ މުހިންމު ފިޔަވަޅެެއްގެ ގޮތުގައި އައިކެއަރ އިން ފާހަގަކުރެއްއެވެ.
އައިކެއަރ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާނެ ގޮތް ތިރީގައިވާ ލިންކުން ފެނިގެން ދާނެއެވެ.










