އައިކެއާ އޮޕްޓިކަލްސްއިން ކުރިއަށްގެންދިޔަ "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް މުހައްމަދު ސައުފާން ހޮވިއްޖެއެވެ.
ޓީވީއެމް މެދުވެރިކޮށް ދެއްކި ހާއްސަ ޕްރޮގްރާމެއްގައި ގުރުއަތުން ހޮވުނު ސައުފާންއަށް، މި އިނާމުގެ ދަށުން އިތުރު މީހަކާ އެކު މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 އިން ފެށިގެން މިއަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.
އައިކެއާ އިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުން އެ ކުންފުންޏަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރުމަށާއި، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ދެވުނު ހާއްސަ ހަދިޔާއެކެވެ. މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
2003 ވަނަ އަހަރު ހިދުމަތް ދޭން ފެށި އައިކެއާ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދެމުން އަންނަ އިތުބާރު ހުރި މުއައްސަސާއެކެވެ. ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، މިހާރު އަންނަނީ އައިކެއާ ހޮސްޕިޓަލުގެ ދަށުން އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ފަރުވާތައް ފޯރުކޮށްދެމުންނެވެ.