
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ. މި ކެމްޕޭނުގެ ދަށުން 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.
އައިކެއަރއިން ތައާރަފްކޮށްފައިވަނީ "ބްރައިޓް އައިސް – ބޭސިކް" އަދި "ބްރައިޓް އައިސް – އެޑްވާންސް" ގެ ނަމުގައި ދެ ޕެކޭޖެކެވެ. މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މެއި 2026 އިން ފެށިގެން ވަކި މުއްދަތަކަށެވެ.
ބޭސިކް ޕެކޭޖުގެ ދަށުން ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުމުގެ އިތުރުން ލޮލުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ލިބޭނެއެވެ. އެޑްވާންސް ޕެކޭޖުގައި މި ހިދުމަތްތަކުގެ އިތުރުން ކޯނިއަލް ޓޮޕޮގްރަފީ އަދި ފަންޑަސް ފޮޓޯގްރަފީ ހިމެނެއެވެ. މި ޕެކޭޖުތަކުގެ ދަށުން ދައްކަންޖެހޭނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނަށެވެ.
މި ކެމްޕޭނާ ގުޅޭގޮތުން އައިކެއަރއިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. "މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދޭ،" އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
އައިކެއަރއިން އިތުރަށް ބުނިގޮތުގައި، ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެއެވެ. މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާތީ، މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިން ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އައިކެއަރއިން އިލްތިމާސްކުރެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 7201026 ނަންބަރަށް ވައިބަރ ނުވަތަ ވޓްސްއެޕް މެދުވެރިކޮށް ގުޅޭނެއެވެ. މީގެ އިތުރުން އައިކެއަރގެ ވެބްސައިޓް މެދުވެރިކޮށްވެސް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.










