April 9, 2026
Advertisement
އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ"ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!
އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ"ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް! / އައިކެއަރ އޮޕްޓިކަލްސް

އައިކެއަރގެ "ނަޔާ ރޯދަ ހަދިޔާ"ގެ ނަސީބުވެރިޔާއަށް ލަންކާގެ އާއިލީ ދަތުރެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 8, 2026, 01:38 PM
މާލެ ސިޓީ

އައިކެއަރ އޮޕްޓިކަލްސްއިން ރޯދަމަހު ކުރިއަށްގެންދިޔަ "ނަޔާ ރޯދަ ހަދިޔާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

Advertisement

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ،ސްރީލަންކާއަށް ކުރާ އާއިލީ ދަތުރު ކާމިޔާބުކުރީ އިސްމާޢީލް އަފްޒަލްއެވެ.

"ނަޔާ ރޯދަ ހަދިޔާ 2026" އަކީ ރަމަޟާން މަހާ ދިމާކޮށް އައިކެއަރގެކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު، އަގުހުރި އިނާމެއް ހުށަހަޅައިގެންކުރިއަށްގެންދިޔަ ކާމިޔާބު ކެމްޕޭނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތުދީފައިވަނީ އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް،ހަތަރު މީހުންގެ އާއިލާ ނުވަތަ ރައްޓެހިންނާ އެކު ސްރީލަންކާގައި 4 ރޭ ހޭދަކުރުމުގެފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުންކެންޑީ، ނުވަރައެލިއާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށްޓަކައި އައިކެއަރ އޮޕްޓިކަލްސްއިން ހުރިހާ ކަސްޓަމަރުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައިވެއެވެ. މިފަދަ ބޮޑު ތަރުހީބަކުން ރަމްޒުކޮށްދެނީ ލޮލުގެ ފަރުވާއާއި އައިނު ހޯދުމުގައިކަސްޓަމަރުން އައިކެއަރއަށް ކުރާ އިތުބާރު ކަމަށާ އައިކެއަރގެ އަމާޒަކީ އަބަދުވެސްކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ

އައިކެއަރއިން ކުރިއަށް އޮތް ތަނުގައި ހިންގާ ހަރަކާތްތަކާއި ޕްރޮމޯޝަންތަކުގެމަޢުލޫމާތު، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved