May 3, 2026
Advertisement
ރައީސް ޑރ. މުއިއްޒު
ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް

މާލެ ސިޓީގެ ނަން އެންމެ ބޮޑަށް ކިލަނބުވެގެން ދިޔައީ މުއިއްޒުގެ މޭޔަރުކަމުގައި: މަލީހު

Yana Shareef
ޔާނާ ޝަރީފް
Jan 22, 2026, 11:01 PM

މާލެ ސިޓީގެ ނަން ކިލަނބުވެގެންދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައިކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް އަކީ މާލޭގެ މޭޔަރުކަމަށް ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ ރައީސް މުޢިއްޒުގެ "ބްލޫޕްރިންޓް" ނުވަތަ ތަޞައްވުރާ އެއްގޮތަށްކަމަށެވެ.

މުއިއްޒުގެ މޭޔަރުކަމުގައި މުޅި މާލެ ސިޓީގެ ނަން ކިލަބުވެގެންދިޔަކަމަށް ވެސް މަލީހު ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނެރުއްވީ އޭނާގެ ކުލަބަރިޔަށް ހުތުރު އަރުވަންކަމަށާއި މުއިއްޒު ބޭނުންވަނީ ގައުމީ ހިދުމަތްތެރިންގެ އަގު ވައްޓާލަން ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved