March 11, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ބުޅާ ފެސިލިޓީއަށް ސިޓީ ކައުންސިލުން ޚަރަދު ކުރުވާފައިވާނަމަ ފައިސާ އަނބުރާ ހޯދާނަން: ޒަރިޔަންދު

Jan 24, 2026, 08:36 PM
މާލެ ސިޓީ

މާލެ ސިޓީގެ ބުޅާ ފެސިލިޓީއަކީ ސިޓީ ކައުންސިލްގެ ޚަރަދުގައި އިމާރާތްކޮށް އިންތިޒާމުތައް ހަމަޖައްސާފައިވާ ތަނެއް ނަމަ އެ ފައިސާ ނުވަތަ ފެސިލިޓީ އަނބުރާ ކައުންސިލަށް ހޯދުމުގެ މަރުޙަލާތައް އޭނާގެ މޭޔަރުކަމުގައި ތަންފީޛުކުރެވޭނެ ކަމަށް މާލޭގެ މޭޔަރުކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އޭނާ މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

لله سبحانه وتعالىގެ ވާގިފުޅާއިއެކު އޭނާގެ މޭޔަރު ކަމެއްގައި މާލޭގައި އާންމުން އޮޅުކޮށްގެން ގެން ގުޅޭ ބުޅަލާއި ގުޅޭ ޤާނޫނީ އެހީތެރިކަމާއި، އެފަރާތްތަކުން ދޫކޮށްލަން ބޭނުންވާ ބުޅަލާއި، މާލޭގެ މަގުތަކުގައި ދޫވެފައިވާ ބުޅާ ދުވަހުން ދުވަހަށް ހޯދާ ފެސިލިޓީއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިހާރު ބޭނުން ކުރާ ފެސިލިޓީއަކީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާފައިވާ ތަނެއްނަމަ، އެ ފައިސާ ނުވަތަ ފެސިލިޓީ އަނބުރާ ކައުންސިލަށް ހޯދުމުގެ މަރުޙަލާތައް އޭނާގެ މޭޔަރުކަމުގައި ތަންފީޛުކުރެވޭނެ ކަމުގެ ޔަގީންކަންވެސް ޒަރިޔަންދު އޭނާގެ ޕޯސްޓުގައި ދެއްވާފައިވެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު މިހާރު ބުޅާތައް މާލޭގައި އަނެއްކާވެސް ގިނަވެފައިވާކަމުގެ ޝަކުވާ އިތުރުވެފައިވެއެވެ. އަދި ބުޅަލުގެ ނަޖިހުން ބަލި ފެތުރޭތީ ކަންބޮޑުންވެސް ފާޅުކޮސް ރައްޔިތުން ޝުއޫރުތައް މީސް މީޑީޔާގައި ފާޅުކުރަމުން ދެއެވެ.

މިހާރުގެ މޭޔަރ ވިދާޅުވާ ގޮތުގައި ބުޅާ ފެސިލިޓީއެއް ހަދާ ތަން ބަލަހައްޓަން އޮތީ ސިޓީ ކައުންސިަށް ނަމަވެސް ސަރުކާރުން ވަނީ އެކަމުގެ ތެރެއަށް ވަދެގަނެ ތަންވެސް އެ އިދާރާގެ އަތުން ނަގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved