March 14, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ޕްރޮޖެކްޓެއް އަވަސްވުމާއި، ލަސްވުން ބިނާވެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ރޭވުންތެރިކަމުގެ މައްޗަށް: ގައުމީ ކެންޑިޑޭޓު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 25, 2026, 08:39 PM
މާލެ ސިޓީ

ސަރުކާރުން އެކި ކަންކޮލުތަކުގައި ހިންގާ ޕްރޮޖެކްޓުތައް އަވަސްވުމާއި، ލަސްވުން ބިނާވެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ރޭވުންތެރިކަމުގެ މައްޗަށް ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވެފައިވަނީ، މާލޭ ސިޓީގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް އަވަސްވުމާއި، ލަސްވުމަކީ، ސިޓީ ކައުންސިލެއްގެ ޒިންމާއެއް ނޫން ކަމަށާ އެކަން ބިނާވެފައި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާގެ ރޭވުންތެރިކަމެއްގެ ނަތީޖާއެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ކޮންމެ ސިޓީއެއްގައި ވެސް ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތަކަކީ ކައުންސިލާއި މަޢުލޫމާތު ބަދަލުކުރެވިގެން އަވަސްކަމާއިއެކު ނިންމޭނޭ ކަންކަމުގެ ގޮތުގައި ވެސް ޒަރިޔަންދުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ޒަރިޔަންދުގެ ޕޯސްޓު ނިސްބަތްކޮށްފައިވަނީ ސީދާ ކޮންކަމަކަށް ބަޔާންކުރައްވާފައި ނުވި ނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދީ ހޮވައިގެން ނޫނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް ރައިސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. އެހެންކަމުން ޒަރިޔަންދު އެ ފާހަގަކުރައްވަނީ އެއީ ވަކި ޕާޓީއެއްގެ ކައުންސިލަރުން ތިވެގެން ވާންޖެހޭ ނުވަތަ ވާނެ ކަމެއް ނޫން ކަމާ އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮންނަ ކަމެއްކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved