May 3, 2026
Advertisement
.
. / މިހާރު

މާލޭގެ އިންތިހާބީ ކައުންސިލަރުން ހުވާކުރުން ސޯޝަލް ސެންޓަރުގައި

Yana Shareef
ޔާނާ ޝަރީފް
May 2, 2026, 10:09 PM

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

Advertisement

 މި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ބޭފުޅުން މަގާމުގެ ހުވާކުރާ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ބާއްވާ އެ ދަރުބާރުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދައުވަތު ދޭން ވަނީ ނިންމައިފަ އެވެ. 

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ލަފާގެ މަތިން، އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލެވެ. އެ އޮތޯރިޓީން ވަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަން ޖެހޭ ގޮތުގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved