
ކައުންސިލަރެއްގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކޮށް ޒިންމާއިން ރެކިގަތުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނީ "ޓޯކްސް ވިތް ޒަރިޔަންދު"ގެ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައެވެ.
ޒަރިޔަންދު ވިދާޅުވީ، ކައުންސިލަރެއްގެ މައިގަނޑު މަސްއޫލިއްތަކީ ކައުންސިލުން ބާއްވާ ޖަލްސާތަކުގައި ބައިވެރިވެ، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށެވެ.
އޭގެ ބަދަލުގައި ސިޓީ ކައުންސިލްގެ ކުޑަ ކޮޓަރި ގަނޑެއްގައި އެޕަލް ކޮމްޕިއުޓަރަކުން ފްރުޓް ނިންޖާ ގޭމް ކުޅެން އިނުމަކީ އެއްވެސް ކަމަކަށް ހައްލެއް އަންނާނެކަމެއް ނޫންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ކައުންސިލަރެއްގެ މައިގަނޑު މަސްއޫލިއްޔަތަކަށް މި އޮންނަނީ އެއްކަލަ މައްސަލަތަކުގައި ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން، އެއްގޮތަކަށް ވެސް އޮފީހުގެ ކުޑަ ކޮޓަރިގަނޑެއްގައި އެޕަލް ކޮމްޕިއުޓަރަކުން ފްރުޓް ނިންޖާ ކުޅެން އިނުމެއް ނޫން.
ްަްަޤައުމީ ކެންޑިޑޭޓު
ޒަރިޔަންދު ވިދާޅުވީ ކައުންސިލަރުންނަކީ ކެބިނެޓް މިނިސްޓަރުން ނޫންކަމަށާއި ކައުންސިލަރުންނަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިޚާބު ކުރެވޭ އާދައިގެ ބައެއްކަމަށެވެ.
މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލަރުންނަށް ވަޒީފާގެ މަސްެއޫލިއްޔަތާއި ގާނޫނާއި ގަވައިދުތައް ނޭނގުންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
އެހެންނަމަވެސް މޭޔަރުގެ ޒިންމާއަކަށް ވާންޖެހޭނީ ކައުންސިލަރުންނަށް ގާނޫނާއި ގަވައިދުތައް ހަނދުމަކޮށްދީ ހިދުމަތް ކުރުމަށް ނެރުންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.










