March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއިން އީރާނަށް އިތުރު ވަރުގަދަ އާމާޑާއެއް ފޮނުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 28, 2026, 11:14 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ހަރުކަށި އިންޒާރުތަކެއް ދެއްވައި، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ނުތަނަވަސްކޮށްފިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ކުރިން ވެނެޒުއެލާ ކައިރީގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ސިފައިންނަށް ވުރެ މާ ބޮޑު އަދި ވަރުގަދަ އަސްކަރީ އާމާޑާއެއް މިހާރު ދަނީ އީރާނާ ދިމާލަށް ދަތުރުކުރަމުންނެވެ.

Advertisement

ޓްރަމްޕްގެ މި އިންޒާރަކީ އީރާނުގެ ސަރުކާރަށް ބިރުދައްކައި، އެމެރިކާގެ ނުފޫޒުގެ ދަށަށް އެ ގައުމު ގެނައުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުހައްލިލުން ސިފަކުރެއެވެ. އޭނާ ވަނީ އީރާނަށް ދެ ގޮތަކުން ކުރެ އެއް ގޮތެއް އިޚްތިޔާރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެއީ އެމެރިކާއާއެކު އައު އެއްބަސްވުމެއް ހެދުން ނުވަތަ މިހާތަނަށް ކުރިމަތިލާން ޖެހިފައި ނުވާ ފަދަ ނުރައްކާތެރި ވަރުގަދަ ހަމަލާއަކާ ކުރިމަތިލުމެވެ.

މެދުއިރުމަތީގެ މިހާރުގެ ހާލަތަށް ބަލާއިރު، އިޒްރޭލުން ފަލަސްތީނުގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި، ސަރަޙައްދީ އެކި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަޙައްދު އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. ޓްރަމްޕްގެ މިފަދަ ހަރުކަށި ބަސްމަގާއި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ގައުމުތައް ކުންކުރުވުމަށް ކުރާ މަސައްކަތުގެ ސަބަބުން، ސަރަޙައްދީ ސުލްހައަށް އޮތް ފުރުސަތުތައް ހަނިވެ، މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް އިހުތިރާމް ކުރުމެއް ނެތި، ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ކަންކަން ހައްލުކުރަން އުޅުމުގެ ނަތީޖާއެކެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި، އެ ސަރަޙައްދުގެ އާންމު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved