April 26, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

މި ސަރުކާރުގެ ވަޒީރުންގެ އަޚްލާގީ ފެންވަރު ވަރަށް ދަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 8, 2024, 06:15 PM
މާލެ ސިޓީ

ސަރުކާރުގެ އިސްވެރިންނަކީ ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ އިރު މި ސަރުކާރުގެ ވެރިންގެ ކިބައިން ފެންނަމުން ދަނީ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ކަމަށް، ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީންގެ ތާއީދާއެކު 20 ވަނަ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި މަލީހު ވަނީ ދާދި އިހަކަށް ދުވަހު ރައީސް މުަހއްމަދު މުއިއްޒު އަތޮޅު ތެރެއަސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މ. ދިއްގަރުގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް މަޖިލިސް މެމްބަރުނާ ގުޅުވާ ދެއްކެވި ވާހަކައާ ގުޅިގެން ނުރުހުްނ ފާޅުކުރައްވާ ފާޑުވިދާޅުވެފައެވެ.

އެގޮތުން މަލީހު ވިދާޅުވީ ވަޒީރުންނަކީ ވެސް ރައްޔިތުންނަށް މިސާލު ބޭފުޅުންނަށް ވާން ޖެހޭ ބަޔަކަށް ވާއިރު އާދަމް ޝަރީފު ޚާއްސަކޮށް ތައުލީމީ ދާއިރާގައި ގިނަ ދުވަހު އުޅުއްވި ބޭފުޅެއްގެ ކިބައިން ފެނިގެން ދިޔައީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.

އާދަމް ޝަރީފުއަކީ ޓީޗަރުން ތަމްރިނުކުރުމާ ހެވާ ރަގަޅު ކިޔައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ބޭފުލެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަތްދޮޅި ދުއްވާލާނަމޭ ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން ހިތާމަ ފާޅުކުރަން. މިއީ އެމްޑީޕީ ކުރި ކަމެއްނބަމަ ހައިރާނެއް ނުވާނެ. ނަމަވެސް ޕީޕިއެމްގެ ރީތި އަހުލާގުގެ ތެރެއިން ބޭރު އަމަލެއް މިއީ.

މަލީހު

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލިސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލިސް މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް އަންނަމުންދާ ދުވަސްވަރެއްގައި ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކު މަޖިލިސް ތެރޭގައިވިޔަސް މަޖިލީހުން ބޭރުގައިވިޔަސް އެއްވެސް ބަޔަކަށް އަނިޔާވެރިވާ ގޮތަށް އަމަލު ކުރަން ހިތްވަރުދިނުން އެއީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށް އޮންނަ ދުވަހެއްގައި މަޖިލީހުގެ އިމްތިޔާޒްތަކާ ބެހޭ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅުއްވާނެކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved