March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕާކިސްތާނުގައި ހިނގި ކުރިމަތިލުންތަކެއްގައި 67 ހަނގުރާމަވެރިން މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 1, 2026, 03:46 AM
މާލެ ސިޓީ

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު މިއަދު ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި، ހަމަލާދިން ފަރާތުގެ 67 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

Advertisement

މި ހާދިސާއާ ގުޅޭގޮތުން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ހަނގުރާމަވެރިން ދިން މި ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 10 މީހުންނާއި އާންމުންގެ 11 މީހުން ވެސް މަރުވެފައިވާ ކަމަށެވެ. މަރުވި ސަލާމަތީ ބާރުތަކުގެ މީހުންގެ ތެރޭގައި ފުލުހުންނާއި ސެކިއުރިޓީ އޮފިސަރުން ހިމެނެއެވެ.

މީގެ އިތުރުން، ހަނގުރާމަވެރިން ދިން މި ހަމަލާތަކުގައި 24 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ. މި ކުރިމަތިލުންތައް ހިނގާފައިވަނީ ސަލާމަތީ ބާރުތަކުން ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ޕާކިސްތާނުގެ ސަރުކާރުން މިހާރު ދަނީ މި ހާދިސާ ހިނގި ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް، މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved