May 9, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ޖަލްސާތަކަށް ހުރަސް އަޅާ ކައުންސިލަރުންނާ މެދު ފިޔަވަޅު ނާޅާ ކުޅެނީ ޑްރާމާ: ގައުމި ކެންޑިޑޭޓު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2026, 03:58 AM
މާލެ ސިޓީ

މާލެ ސިޓީ ކައުންސިލްގެ ޖަލްސާތަކަށް ހުރަސް އަޅާ ކައުންސިލަރުންނާ މެދު ފިޔަވަޅު ނާޅާ ހުންނަވާ މޭޔަރު އާދަމް އާޒިމް ކުޅުއްވަމުން ގެންދަވަނީ ހުސް ޑްރާމާ ކަމަށް މާލެ ސިޓިގެ މޭޔަރުކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުކުންނަވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement



ޒަރިޔަންދު މިފަދައިން ވިދާޅުވީ، "ޓޯކްސް ވިތް ޒަރިޔަންދު"ގެ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައެވެ.



އޭނާ ވިދާޅުވީ، ކައުންސިލަރުންގެ ޒިންމާއަކީ ކީ ކައުންސިލުން ބާއްވާ ޖަލްސާތަކުގައި ބައިވެރިވެ، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށެވެ. އޭގެ ބަދަލުގައި ފިނި ކޮޓާރީގައި އޭސީގައި ތިބެ ތަފާތު ގޭމްތައް ކުޅުމުގައި ރަސްމީ ގަޑި ދުއްވާލުމަކީ އެއީ ޣައިރު ޒިންމާދާރު ނޫންކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލަރުންނަށް ވަޒީފާގެ މަސްެއޫލިއްޔަތާއި ގާނޫނާއި ގަވައިދުތައް ނޭނގުނެވެ. މޭޔަރުގެ ޒިންމާއަކަށް ވާންޖެހޭނީ ކައުންސިލަރުންނަށް ގާނޫނާއި ގަވައިދުތައް ހަނދުމަކޮށްދީ ހިދުމަތް ކުރުމަށް ނެރުންކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ ރައްޔިތުންގެ ހައްގުތަކާ ގުޅުން ހުރި ކަންކަން ކުރިއަށް ގެންދަން ޖަސްލާތައް އެޖެންޑާކުރުމުން ޖަލްސާތައް ބޮއިކޮޓުކޯށް ޒިންމާތަކުން ރެކޭ ކައުންސިަލރުންނާ މެދު ފިޔަވަޅުވެސް އަޅަން ޖެހޭ ކަމަށެވެ.

އެހެންކަމުން ފިޔަވަޅު ނާޅާ ހުންނަވާ މޭޔަރު އާޒިމް ދައްކަވަނި ހުސް ވާހަކަކަމަށާ ކުޅުއްވަނީ ހުސް ޑްރާމާކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.



ޒަރިޔަންދު ވަނީ މިހާރު އަންހެނުން ބާރުވެރިކުުރުމަށް، މިހާރަށްވުރެ ރަގަޅަށް ޑަބްލިޔުޑީސީގެ ކަންކަންވެސް ބެލެހެއްޓެން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved