March 19, 2026
Advertisement
-
- / ތޭރަގްރެފިކްސް

އާޒިމްއަކީ މުއިއްޒުގެ ޕްރޮކްސީ، ޖަލީލުއަކީ މުއިއްޒުގެ ޕަޕެޓު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 2, 2026, 01:38 AM
މާލެ ސިޓީ

މާލެ ސިޓީގެ މިހާރުގެ މޭޔަރ އާދަމް އާޒިމްއަކީ ރައީސް މުހައްމަދު މުއިއްޒު ތަމްސީލުކުރާ މީހެއް ކަމަށާ އަދި ޕީއެންސީގެ މާލޭގެ މޭޔަރ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ ރައީސް މުއިއްޒުގެ އަޅެއް ކަމަށް ވިދާޅުވެ އެހެންކަމުން މާލޭޣެ މޭޔަރު ކަމަށް ހޮވަން ޖެހޭނީ އެންމެންގެ އިހުސާސުތައްވެސް ދަންނަ މީހަކު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލެއަކީ ހުރިހާ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ތަނެއް ކަމަށާ އެހެންކަމުން އެތަނުގެ މޭޔަރަކަށް އަންނަ މީހަކީ އެންމެންގެ އިހުސާސުތަކަށް އިހުތިރާމުކުރާ އެންމެންގެ އުއްމީދުތައް ދަންނަ މީހަކަށްވާން ޖެހޭ ކަމަށެވެ.

މިހާރު މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ނުކުމެ ތިބީ ސީރިއަސް ތިން ކެންޑިޑޭޓުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އޭގެ ތެރެއިން އާޒިމްއަކީ ރައީސް މުއިއްޒުގެ ޕްރޮކްސީ (ތަމްސީލު ކުރާ މީހާ) ކަމަށާ އަދި ޖަލީލަކީ ރައީސް މުއިއްޒުގެ "ޕަޕެޓެއް" ކަމަށެވެ. އެހެންކަމުން ގައުމީ މިިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ހޮވަން ޖެހޭ ސަބަބަކީ އެއީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މޭޔަރ އާޒިމް މިހާރު ކުރީގެ މޭޔަރުގެ ހިޔާނާތޭ ވިދާޅުވެ ވާހަކަ ދައްކަވަނީ ދެ ވަނަ ދައުރެއް ބޭނުން ވެގެން ކަމަށާ އެ ކަންކަން ބަލަން އާޒިމަށް ވަގުތު ލިބުނު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved