April 9, 2026
Advertisement
ބަލިވީ މޫސާ އަލީ ޖަލީލެއް ނޫނެވެ. ބަލިވީ މުއިއްޒެވެ.
ބަލިވީ މޫސާ އަލީ ޖަލީލެއް ނޫނެވެ. ބަލިވީ މުއިއްޒެވެ. / ރައީސް އޮފީސް

ބަލިވީ މޫސާ އަލީ ޖަލީލެއް ނޫނެވެ. ބަލިވީ މުއިއްޒެވެ.

Mariyam Isaadha
މަރިޔަމް އިސާދާ
Apr 8, 2026, 09:35 PM
މާލެ ސިޓީ

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވާދަވެރި ކެމްޕެއިނަކަށް ފަހު ވޯޓުލުން ކުރިއަށް ދިޔައެވެ. ވޯޓުގެ ނަތީޖާއަށް އެންމެން ވެސް އިންތިޒާރުކުރަމުން ދިޔައީ އަލަތު ލޯބިވެރިޔާއާ ފުރަތަމަ ފަހަރަށް ބައްދަލު ކުރުމަށް އިންތިޒާރު ނުކުރާހާވެސް ކެތްމަދުވެފައި ތިބެއެވެ.

Advertisement

އިރު އޮއްސުމާ އެކު ވޯޓު ފޮށީގެ ނަތީޖާތައް ފެންނަން ފެށިއެވެ. ވޯޓު ގުނާ ވަގުތީ ނަތީޖާތައް ލިބެން ފެށިއެވެ. މި އިންިތހާބުގައި އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރީ މާލޭގެ މޭޔަރު ކަމަށެވެ. ވެރިކަން ކުރާ ޕީއެންސީއިން ވެސް ބޮޑެތި ޚަރަދުތަކެއް ކޮށް މޭޔަރުކަން ނަގަން ފޫގަޅާލާފައި ތި ބީ މުޅި ދައުލަތުގެ ހުރިހާ މުދަލެއްވެސް އަތު އަޅުވާލައިގެންނެވެ.

ނުވީތާ ބޮޑެތި ކެމްޕެއިން ޖަގަހަތައް ހުޅުވާ މީހުންގެ އިސްކޮޅަށް ވުރެ ދިގު ޕޯސްޓަރުތައް މާލެއާ ހުޅުމާލެ ވަށާ ޖަހާ ވަރުން ވަރުން ކެމްޕެއިން ރެލީތައް ބާއްވާ ނުވީތާ ރަމަޟާން މަހުގެ ފަހު 10ގައި ރައީސް މީހާވެސް ނެރެ އަވީލައިގެން ޕީއެންސީ ކުރި ކެމްޕެއިނުން ހީވީ ދެންމެ ދެންމެ އިންތިހާބު މިމީހުން ކާމިޔާބުކޮށް މާލޭގެ މޭޔަރު ގޮނޑީގައި މޫސާ އަލީ ޖަލީލު ބައިންދަފާނެ ހެންނެވެ.

މިލިއަނުން އެކި ދިމަދިމާއަށް ޚަރަދުކޮށް ޖަހަތަަކއް އަގު ބޮޑެތި ޓީވީތަކާ ކޮފީ މެޝިންތައް ގަނެ މިމީހުން ހީވި އީދެއް އައިސްގެން އުޅުނު ބައެއްހެންނެވެ.

މޫސާ އަލީ ޖަލީލަށް މާލޭގެ މޭޔަރުކަން ހޯދައިދޭން ނުކުމެ ޕީއެންސީއިން އެތައް ހާސް ވަޒީފާ ބަހާ އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ. އެހެންކަމުން ވޯޓުގެ ނަތީޖާއަށް އެންމެ ބޮޑަށް އިންތިޒާރުކުރާނެ އެއް ބަޔަކަށް ވާނީ އެމީހުންތާއެވެ.

ނަމަވެސް ވޯޓުގެ ނަތީޖާތައް ދައްކަން ފެށި ގޮތުން ޕީއެންސީ މީހުންގެ މޫނުމައްޗަށް ހީވީ ތަފާއްޔެއް ޖެހިހެންނެވެ. މާލޭގެ މޭޔަރުގެ ނަތީޖާ ދައްކަން ފެށި ގޮތުން ބޮޑުތަނުން އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބު ނަގައިފި ކަން ދައްކަން ފެށުމާ އެކު ޕީއެންސީ ބިޔަ ބޮޑު ލަޝްކަރުގެ އަޑު ފަނޑުވާން ފެށިއެވެ. ސޯޝަލް މީޑިޔާއިންވެސް ޕޯސްޓުތައް މަދުވާން ފެށިއެވެ. މާލޭގައި ހުރި ޖަގަހަތައް ބަންދުކޮށް މީހުންތައް ގެއްލެން ފެށިއެވެ. ޕީއެންސީ ބޮޑު ގެ ވެސް ބޮޑު ތަޅުއަޅުވާ އެ ހިސާބުންވެސް މީހުން ހުސްވިއެވެ.

މިއާއެކު ބުނަން ފެށި މޫސާ އަލީ ޖަލީލު ބަލިވެއްޖެކަމަށެވެ. ނަމަވެސް މީގައި އަޅުގަޑުގެ ވިސްނުން ތަފާތެވެ. ބަލީވީ މޫސީއެއް ނުނެވެ. ބަލިވީ މުއިޒީއެވެ. އެހެނީ އެއީ މުއިޒީ ނެރެ ދެއްކި ކެންޑިޑޭޓަކަށްވެފައި މުއިޒީގެ ފިޔަވަޅު މަތިން މޫސީ ހިނގުން ރައްޔިތުން ގަބޫލުނުކުރީއެވެ.

ތިން އަހަރުވާންދާ ސަރުކާރުގައި ރައީސުލްޖުމްހުރިއްޔާގެ ބަސް ރައްޔިތުން ކުރިމަތީ ނުވިކުނީއެވެ. ރައީސްގެ ބަހާ އަމަލާ ދިމާނުވާތީ ކުރިން ކުރި އިތުބާރު ރައްޔިތުން މުއިޒީއަށް ނުކުރީއެވެ. ތަސްވީރު ބަލާނި ތަސްވިރު ބުނާހެންނާ ބުނާ އުސޫލުން ރައްޔިތުން މިފަހަރު ބެލީ ސަރުކާރާ ރައީސް މުއިއްޒު ދެއްކި މަންޒަރުތަކަށެވެ.

ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބުވެސް ބޮޑުތަނުން ރައްޔިތުން މުއިޒީއަށް ދިނި ނުހަނު އިތުބާރާއެކުއެވެ. ނަމަވެސް މުއިޒީ އަމަލުން ދައްކަމުން ދިޔައީ ބޮޑާ ކަމާ ކިބުރުވެރިކަމެވެ. އިހުލާސްތެރިންނާ މެދު ކަންކުރަމުން ދިޔައީ އިހާނެތިކޮށެވެ. 

މިހުރިހާ ކަމެއްގެ ނަތީޖާ ޓާން އައުޓުވެގެން އައީ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved