March 13, 2026
Advertisement
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / އުރީދޫ

ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫއިން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 9, 2024, 02:07 AM
މާލެ ސިޓީ

އުރީދޫންއިން އެކުންފުނީގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން ނިންމައިފިއެވެ.

Advertisement

މިގޮތަށް ނިންމާފައިވަނީ ސެންޓްރަލް ޕާކްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. ހިއްސާގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.

އެގޮތުން ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާއިން ނިންމާފައި ވެއެވެ. މިއީ ފާއިތުވި އަހަރު އެކުންފުންޏަށް ލިބުނު 685 މިލިއަން ރުފިޔާއި ބަހަން ނިންމާފައިވާ ފައިދާއެވެ.

ފާއިތުވި އަހަރު އެކުންފުންޏަށް ލިބު އަމާދަނީއަކީ އޭގެ ކުރީ އަހަރަށްވުރެ 125 މިލިއަން ރުދިޔާ އިތުރު އަދަދެކެވެ.

މިޖަލްސާގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ޚާލިދު ހަސަން އެމް އޭ އަލްހަމާދީއާއި ބޯޑު ޑިރެކްޓަރު އަދި ފައިނޭޝަލް އޮފީޝަރު ސުރޭޝް ކަލްޕަތި އަދި ބޯޑު ޑިރެކްޓަރު މޮޒާ އެމް ޑާވިޝް ބައިވެރިވެވަޑައިގަތެވެ.

މި ޖަލްސާގައި، 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރަން ހިއްސާދާރުން އޮންލައިންކޮށް ވޯޓް ލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved