March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީންނާއި އިންޑިއާ ގުޅިގެން ޕާކިސްތާނުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 3, 2026, 05:19 PM
މާލެ ސިޓީ

ޕާކިސްތާނުގެ ދާޚިލީ ހަމަޖެހުން ނަގާލައި، އެ ގައުމު ހަލަބޮލިކުރުމަށްޓަކައި ސަހްޔޫނީން އިންޑިއާއާ ގުޅިގެން ނުރައްކާތެރި ރޭވުންތަކެއް ރާވައި، އަމަލީ ގޮތުން މަސައްކަތް ކުރަމުންދާކަން ހާމަވެއްޖެއެވެ. މިކަން ހާމަކުރެއްވީ ސަހްޔޫނީންގެ މަޝްހޫރު ތާރީޚް ލިޔުންތެރިޔާ ޑރ. ހައިމް ބްރެޝީތު ޒަބްނަރ އެވެ.

Advertisement

ޑރ. ބްރެޝީތު ވިދާޅުވި ގޮތުގައި، އެ ގައުމުން ދަނީ ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ތާއީދުކޮށް، ޕާކިސްތާނުގެ އިސްތިގުލާލަށް ހަމަލާދިނުމަށް ބޮޑެތި ހިތްވަރުތަކެއް ދެމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ބަލިކަށިކޮށް، އެ ސަރަހައްދުގައި އޮތް ހަމަޖެހުން ނަގާލުމެވެ.

އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އާއި ބަލޫޗިސްތާން ލިބަރޭޝަން ފްރަންޓް (ބީ.އެލް.އެފް) ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަހްޔޫނީން ބޭނުންކުރަނީ އިންޑިއާގެ ވަސީލަތްތަކެވެ. މިގޮތުން އިންޑިއާ މެދުވެރިކޮށް ސަހްޔޫނީން ޒަމާނީ ހަތިޔާރާއި، ޖާސޫސީ މައުލޫމާތު އަދި މާލީ އެހީތެރިކަން މި ޖަމާއަތްތަކަށް ފޯރުކޮށްދެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ނުރައްކާތެރި ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، މިއީ އިސްލާމީ އުންމަތުގެ ބާރުގަދަ ގައުމެއް ބަލިކަށިކޮށްލުމަށް ސަހްޔޫނީންނާއި އިންޑިއާ ގުޅިގެން ހިންގާ ބޮޑު ރޭވުމެއްގެ ބައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved