April 15, 2026
Advertisement
-
- / ތޭރަ އޮންލައިން

އެޕްސްޓީން ފައިލްސް: ހުޅަނގުގެ މުނާފިގުކަމާއި އިސްލާމްދީނާ ދެކޮޅަށް ފަތުރާ ދޮގުތަކުގެ މޫނުމަތި ކަޝްފުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 4, 2026, 03:57 PM
މާލެ ސިޓީ

އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭ "އެޕްސްޓީން ފައިލްސް" އާންމުވުމާއެކު، ހުޅަނގުގެ ބާރުގަދަ ސިޔާސީވެރިންނާއި ނުފޫޒުގަދަ ފަރާތްތަކުގެ ހަޑިމުޑުދާރު އަމަލުތައް މުޅި ދުނިޔެއަށް ބޭޒާރުވެ، އެމީހުން އިސްލާމްދީނާ ދެކޮޅަށް ދައްކަމުން އައި ވާހަކަތަކުގެ އެއްވެސް އަސާސެއް ނެތްކަން ހާމަވެއްޖެއެވެ.

Advertisement

ޒަމާނުއްސުރެ ހުޅަނގުގެ މީޑިއާތަކާއި އިލްމުވެރިން ކަމަށް ދައުވާކުރާ ފަރާތްތަކުން އަންނަނީ ކައު އިތުރު ރަސޫލާ ﷺ، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބެއްލެވި ބެއްލެވުމަށް ފާޑުކިޔައި، އެއީ ކުޑަކުދިންނަށް ކުރާ އަނިޔާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ނަމަވެސް، އެޕްސްޓީންގެ މައްސަލައިން ހާމަވެގެން ދިޔައީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އެފަދަ ނުބައި ވިޔަފާރިތައް ހިންގުމުގެ އަސްލު މުގުލަކީ ހުޅަނގުގެ ތަހުޒީބީ މުޖުތަމައު ކަމަށް ދައުވާކުރާ މީހުން ކަމެވެ.

މި ފައިލްތަކުން ހާމަވާ ގޮތުގައި، ދުނިޔެއަށް އަދަބު އަޚްލާގާއި އިންސާނީ ހައްގުތައް ކިޔަވައިދޭން އުޅޭ ހުޅަނގުގެ އިސްވެރިންނަކީ ސިއްރިއްޔާތުގައި ނުހަނު ދަށު ދަރަޖައިގެ، އިލާހީ ގާނޫނުތަކާއި އިންސާނީ ކަރާމާތާ ޚިލާފު އަމަލުތަކެއް ހިންގަމުންދިޔަ ބައެކެވެ.

މިއީ އިސްލާމްދީނުގެ މާތް އަޚްލާގާއި، ކައިވެނީގެ މަތިވެރި ގުޅުމަށް ހުތުރު އަރުވަން އުޅޭ މީހުންގެ މުނާފިގުކަން ހާމަވި ދަނޑިވަޅެކެވެ.

އިސްލާމްދީނަކީ އިންސާނީ ކަރާމާތާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދޭ ދީނެވެ. ހުޅަނގުން އިސްލާމްދީނާ ދެކޮޅަށް ފަތުރާ މިފަދަ ދޮގު ޕްރޮޕެގަންޑާތަކުގެ އަސްލު މަގުސަދަކީ އެމީހުންގެ މުޖުތަމައުތަކުގައި އޮތް ފާސިދުކަން ފޮރުވައި، އިސްލާމީ ވަހުދަތު ނަގާލުންކަން މިއަދު މިވަނީ ހާމަވެފައެވެ. އެޕްސްޓީން ފައިލްސްއަކީ ހުޅަނގުގެ އަސްލު ސޫރަ ދުނިޔެއަށް ދައްކުވައިދިން ހެއްކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved