April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކޮލަމްބިއާގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 5, 2026, 12:39 AM
މާލެ ސިޓީ

ކޮލަމްބިއާގެ އުތުރުގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، އުދައެރުމުގެ ހާދިސާތަކެއް ހިނގައިފިއެވެ. މި ހާދިސާތަކާ ގުޅިގެން ރައްކާތެރި ސަރަހައްދުތަކަށް އެތައް ސަތޭކަ ބަޔަކު ވަނީ ބަދަލުކޮށްފައެވެ.

Advertisement

އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ފިނި މޫސުމުގެ ގަދަ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅޭނެ ތަނާއި ގެންގުޅޭ މުދަލާއެކު ހުރިހާ އެއްޗެއް ގެއްލުނު 900 އަށް ވުރެ ގިނަ އާއިލާއެއް މިހާރު ވަނީ ދެނެގަނެވިފައެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮލަމްބިއާގެ އުތުރުގެ އައްސޭރިފަށުގެ އަވަށްތަކަށް އުދައެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެދޮރަށާއި އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގެ ރާޅުތައް އާދަޔާ ހިލާފަށް ބޮޑުވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

އިތުރަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved